08 އޮކްޓޯބަރ 2022 - 16:06

އައިކެއާ އޮޕްޓިކަލްސްއިން "ސީޑް" ބްރޭންޑުގެ ކޮންޓެކްޓް ލެންސް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އައިކެއާއިން ބުނީ "ސީޑް" ލެންސަކީ ލޮލަށް ފަސޭހަ އަދި ރައްކާތެރިކަމާ އެކު ގިނައިރު ބޭނުން ކުރެވޭ ލެންސެއް ކަމަށެވެ. އަދި އެ ބްރޭންޑަކީ ޖަޕާނުގެ ބްރޭންޑެއް ކަމަށާއި އެ ބްރޭންޑުގެ ލޮލުގެ ފަރުވާދޭ އާ ޓެކްނޮލޮޖީ އާއި މެޝިނު ވެސް އުފައްދާފައިވާ ކަމަށް ބުނެއެވެ.
އައިކެއާއިން ބުނީ "ސީޑް" ލެންސުގައި އަމިއްލައަށް ތެތްކަން އުފައްދާ އެލްޖިނިކް އެސިޑް ހިމެނޭ ކަމަށެވެ. އަދި އެ ބްރޭންޑުގެ ހުރިހާ ލެންސެއްގައި ވެސް ސީޑް ކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ސީޑް އަޔޯނިކް ބޮންޑް ހިމެނޭ ކަމަށް ވެސް ބުންޏެވެ. އެ މާއްދާ އަކީ ލޮލަށް ޔޫވީ އަލިން ލޯ ރައްކާތެރިކޮށް، ލޮލަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރު ކޮށްދޭ މާއްދާއެކެވެ. އަދި އެ މާއްދާގެ ސަބަބުން ލެންސް ބޭނުން ކުރެވޭ މުއްދަތު އިތުރުވެ، ލެންސް ބޭނުން ކުރުމަށް ފަސޭހަވެ އެވެ.
އައިކެއާއިން ބުނީ ކޮންމެ ދުވަހަކު އަދި ކޮންމެ މަހަކު ބަދަލުކުރާ ގޮތަށް ބޭނުންކުރެވޭ ދެ ވައްތަރުގެ ސީޑް ޑިސްޕޯސަބަލް ލެންސް އައިކެއާގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި "ސީޑް ރިޖިޑް ގޭސް ޕާމިއަބަލް" ލެންސާއި އެހެނިހެން ޕްރިސްކްޕްޝަން ލެންސު ވެސް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
އައިކާގެ ފިހާރަތަކުން އެކި ބްރޭންޑުތަކުގެ އައިނާ ލެންސް ލިބެން ހުންނާނެއެވެ. އަދި އައިކާ އޮޕްޓިކަލްސްއިން ލޮލުގެ ޓެސްޓުތައް ކުރުމާއި، އެކި ސާޖަރީތަކުގެ ހިދުމަތް ލިބޭނެ އެވެ.