ފީނަން ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހިއްޖެ
ފީނަން ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހިއްޖެ

އއ. ތޮއްޑޫ ކައިރިން ފީނަން ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:15 ހާއިރު ހިނގި މި ހާދިސާގައި ރަޝިޔާގެ އަންހެނަކަަށް އަނިޔާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭނާއަށް ވީ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނީ ތޮއްޑޫގައި އެ މީހާއަަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފައިވާ ކަމަށެވެ.

ތޮއްޑުއަކީ ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ހިންގާ ރަށެކެވެ. އެ ރަށުގައި 50 އަށްވުރެ ގިނަ ގެސްޓު ހައުސް ހުރެ އެވެ.