އާޔުޝްގެ ތިން ވަނަ ފިލްމުގެ ޓީޒާ ވަރުގަދަ
އާޔުޝްގެ ތިން ވަނަ ފިލްމުގެ ޓީޒާ ވަރުގަދަ

ބޮލީވުޑްގެ އެކްޓަރު އާޔުޝް ޝަރްމާގެ ކުރިއަށް އޮތް ފިލްމު އިއުލާންކުކޮށްފި އެވެ.

އެކްޓަރު ސަލްމާން ޚާންގެ ޅިޔަނުގެ ކުރިއަށް އޮތް ފިލްމަކީ ރަވީ ވަރްމާ އާއި އިމްރާން ސަރްދާރިޔާ ޑައިރެކްޓްކޮށް ނެރޭ AS-03 އެވެ. ކްލިފްޓޮން ސްޓޫޑިއޯ އިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ ރިލީޒްކުރަން ރާވާފައިވަނީ އަންނަ އަހަރު އެވެ.

އެކްޝަން-އެޑްވެންޗާ އެ ފިލްމު އިއުލާންކޮށް، އާޔުޝް ވަނީ ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ.

އޭގައި ފެންނަނީ ބޯކޮށް ވާރޭ ވެހޭ ރެއެއްގައި ޖަންގައްޔެއްގެ ތެރޭގައި އާޔުޝްއާ ކުރިމަތިލި މީހަކަށް އޭނާ ކަނޑިން ހަމަލާދޭ މަންޒަރެވެ. އަދި ބޮލުގައި ތާޖެއް އަޅާ މަންޒަރު އެ ޓީޒާ އިން ފެނެ އެވެ.

އެ ފިލްމަށް އާޔުޝް ގިނަ ތައްޔާރީތަކެއް ވަމުންދިޔަ ނަމަވެސް އެ ފިލްމާ ގުޅޭ މާބޮޑު މައުލޫމާތެއް އަދި ނޭނގެ އެވެ.

އާޔުޝް ބޮލީވުޑަށް ނިކުތީ 2018 ގައި ސަލްމާން ޚާން ޕްރޮޑިއުސްކުރި ފިލްމު، "ލަވްޔާތުރީ" އިންނެވެ. އޭގެ ފަހުން މިދިޔަ އަހަރު "އަންތިމް: ދަ ފައިނަލް ޓްރޫތު" އިން ފެނިފައިވެ އެވެ.