އަމީނީ މަގު ހަދަނީ ހަނިކޮށް، ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނޭ: މުއިއްޒު
އަމީނީ މަގު ހަދަނީ ހަނިކޮށް، ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނޭ: މުއިއްޒު

ސަރުކާރުން އަމީނީ މަގު ހަދާ ގޮތުގެ ސަބަބުން އެ މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމުގެ ކަންބޮޑުވުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ފާޅުކުރައްވައިފި އެވެ.

އަމީނީ މަގު ހަދަނީ ހަނިކޮށް، ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނޭ: މުއިއްޒު
އަމީނީ މަގު ހަދަނީ ހަނިކޮށް، ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނޭ: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާލެ ވަށައިގެން ބޮޑު ސަރަހައްދެއްގައި ތާރު އެޅުމުގެ ޕްރޮޖެކްޓް ގާތުން ބެއްލެވި އަދި އެ ޕްރޮޖެކްޓްގެ އިސް އެއް ބޭފުޅެއްގެ ގޮތުގައި ވެސް ހުންނެވި މުއިއްޒުގެ މިހާރުގެ ކަންބޮޑުވުމަކީ އާރުޑީސީން އަމީނީ މަގު ހަދާއިރު ޕޭވްމަންޓް މާ ބޮޑަށް ފުޅާކުރަމުންދާތީ އެވެ.

އަމީނީ މަގު ހަދަނީ ހަނިކޮށް، ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނޭ: މުއިއްޒު
އަމީނީ މަގު ހަދަނީ ހަނިކޮށް، ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނޭ: މުއިއްޒު

"...މަގުގެ ދުއްވަން އޮންނަ ބައި 25 ފޫޓުން 21 ފޫޓް 10 އިންޗި އަށް ހަނިކޮށް ކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނޭ،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި ޔާމީންގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަމީނީ މަގު ހަދާއިރު، ބިމުގެ އަޑިއަށް ލުމަށް ކުރިން ނިންމާފައިވާ 'ކޭބަލްޓްރޭ' ވެސް ފެންނަނީ ބިމުން މަތީގައި ހަދާ ތަނެވެ.

ވިއްސާރަ ދުވަސްވަރު މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އަމީނީ މަގުގައި ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްގެން އާރުޑީސީން ފެށީ މިދިޔަ އޮގަސްޓް މަހުގެ 30ގަ އެވެ.

• ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިނގައިވެބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުން.

• ވީލްޗެއާ އެކްސަސް ހެދުން.

• މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދުން.

• ސައިން ބޯޑުތަކާއި ބަމްޕަރުތައް ލުން.

• މަގު ބައްތިތައް ބެހެއްޓުން.

• މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުން.

• ސްޓޭކް ހޯލްޑަރުންނަށް ހާއްސަކޮށް ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުން.

• އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހެދުން.

ސަރުކާރުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުވާ އެ މަޝްރޫއު 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހެ އެވެ. މިހާރު ބާކީ އޮތީ ހަ މަސް ދުވަހެވެ.