ޕީކަބޫގެ "މައިސްޓޯ މޭޑްނަސް" ޕްރޮމޯޝަން: ކުޅޭ އެއްޗެއް ގަނެގެން ސައިކަލެއް!
ޕީކަބޫގެ "މައިސްޓޯ މޭޑްނަސް" ޕްރޮމޯޝަން: ކުޅޭ އެއްޗެއް ގަނެގެން ސައިކަލެއް!

ބޭރުގެ މަޝްހޫރު އެކި ބްރޭންޑުތަކުގެ ކުޑަކުދިންގެ ކުޅޭ އެއްޗިހި ވިއްކާ ޕީކަބޫ ފިހާރައިން "މައިސްޓޯ މޭޑްނަސް"ގެ ނަމުގައި ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޕީކަބޫގެ "މައިސްޓޯ މޭޑްނަސް" ޕްރޮމޯޝަން: ކުޅޭ އެއްޗެއް ގަނެގެން ސައިކަލެއް!
ޕީކަބޫގެ "މައިސްޓޯ މޭޑްނަސް" ޕްރޮމޯޝަން: ކުޅޭ އެއްޗެއް ގަނެގެން ސައިކަލެއް!

"ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޕީކަބޫ ފިހާރަ އިން ނުވަތަ އެ ފިހާރައިގެ ޕާޓްނާ ފިހާރައަކުން މައިސްޓޯ ބްރޭންޑުގެ ކުޅޭ އެއްޗެއް ގަތުމުންނެވެ. ގަންނަ ޕްރޮޑަކްޓުގެ ފޮށީގައިވާ ސްޓިކާ ކަހާލުމަށް ފަހު، އޭގައިވާ ކިއުއާރު ކޯޑު ސްކޭނު ކުރުމުން އެ ޕްރޮމޯޝަންގައި ރަޖިސްޓަރީވާ ލިންކު ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އެ ޕްރޮމޯޝަނުގައި 49ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ޕީކަބޫ އިން ބުނިގޮތުގައި، އެ ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު ވެސް އިނާމެއް ލިބޭ ނަސީބުވެރިއަކު ހޮވާނެ އެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް 2،000ރ. އަގުހުރި ގިފްޓު ޕެކެއް ލިބޭނެ ކަމަށް ބުންޏެވެ.

އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް އޮންނަ ޕްރޮމޯޝަންގެ ބޮޑު އިނާމު، ހޮންޑާ ސްކޫޕީ ސައިކަލު ލިބޭ ނަސީބުވެރިޔާ ހޮވާނީ އަންނަ އަހަރު އެވެ.

ޕީކަބޫއިން ވިއްކާ މައިސްޓޯ އަކީ ކުޑަކުދިންގެ ކުޅޭއެއްޗެހީގެ މަޝްހޫރު އިޓަލީ ބްރޭންޑެކެވެ. އެ ބްރޭންޑުގެ ގިނަ ޕްރޮޑަކްޓުތަކެއް ޕީކަބޫ އިން އަންނަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ރިމޯޓް ކޮންޓްރޯލު ކާރާއި ސައިކަލު އަދި ލޯންޗު ފަދަ ކުޅޭ އެއްޗެހި ހިމެނެ އެވެ.