04 އޮކްޓޯބަރ 2022 - 11:38

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، އިންޑިއާ އަތުން 5-0 ން ރާއްޖެ ބަލި ވެއްޖެ އެވެ.
ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުރިއަށް ދަނީ ސައުދީ އަރަބިއާގަ އެވެ. އެ ގުރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން ސައުދީ، ކުވައިތު އިންޑިއާ އަދި މިއަންމާ އެވެ.
މިދިޔަ މަހު ލަންކާގައި ބޭއްވި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިންޑިއާގެ ޓީމުން ރޭ ރާއްޖެ ކޮޅަށް ޖެހި ފަސް ލަނޑުގެ ތެރެއިން ފަހު ތިން ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ.
ފުރަތަމަ ލަނޑު 11 ވަނަ މިނެޓްގައި ޖެހީ ވެންލާލްޕީކާ ގުއިޓޭ އެވެ. ދެވަނަ ލަޏޑު 25 ވަނަ މިނެޓްގައި ޖެހީ ލާލްމިންޗަންގަ ފެނީ އެވެ.
ދެވަަނަ ހާފް ޖެހި ތިން ލަނޑު ޖެހީ އަމާން އާއި ބޮބީ ސިންހް ޔަންދްރެންބަމް އެވެ. ފަހު ލަނޑު ޖެހީ ފީނިކްސް އޮނަމް އެވެ.
ގުރޫޕްގެ ފުރަތަމަ މެޗުގައި ކުވައިތުން ވަނީ ރާއްޖޭގެ މައްޗަށް 6-0ން މޮޅުވެފަ އެވެ. އެ މެޗުގައި މުހައްމަދު އަލް ހާޖީ ދެ ލަނޑު ޖެހި އެވެ. ގުރޫޕްގެ އެއްވަނައިގައި އޮތީ ކުވައިތެވެ. ރޭ މިއަންމާ އާ ދެކޮޅަށް ކުޅުނު މެޗުން ކުވައިތު މޮޅުވީ 1-0 ންނެވެ.
ގުރޫޕްގެ ދެވަނައިގައި އޮތީ ސައުދީ އަރަބިއާ އެވެ. އެ ޓީމުން ކުޅެފައި ވަނީ އެއް މެޗެވެ./ އެ މެޗުގައި މިޔަންމާގެ މައްޗަށް 6-0 ން މޮޅުވި އެވެ.