04 އޮކްޓޯބަރ 2022 - 11:07

ޑެންގީ ހުން ޖެހިގެން 19 އަހަރުގެ ޒުވާނަކު މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމެވެ.
ޑެންގީގައި ހާލު ސީރިއަސްވުމުން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އޭނާ އަށް ފަރުވާ ދީފައި ވަނީ ވެސް އައިސީޔޫގަ އެވެ.
ވިޔާމްގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ އަސްރު ނަމާދަށް ފަހު އެވެ.
ޑެންގީ ހުމުގައި ޒުވާނަކު ނިޔާވިއިރު، އެ ބަލީގައި އިއްޔެ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ވަނީ ނިޔާވެފަ އެވެ.