04 އޮކްޓޯބަރ 2022 - 07:00

ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ، އެކްޓަރު ޕްރަބާސް ލީޑު ރޯލު ކުޅޭ ފިލްމު، "އަދިޕުރުޝް" ގެ ޓީޒާ ނެރެފި އެވެ.
ހިންދޫ މީތޮލޮޖިކަލް ފިލްމެއް ކަމަށްވާ އަދިޕުރުޝްގެ ޓީޒާގައި ވަނީ ފިލްމުގެ ލީޑު ކުޅޭ ތިން ތަރިން ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާނާއި ކްރިތީ ސަނޮން ފެންނާނެ ގޮތް ވެސް ދައްކާލި އެވެ.
ސައިފް ފެންނަނީ ނުބައި މީހެއްގެ ރޯލުންނެވެ. އަދި އިންސާފު ގާއިމުކޮށްދޭ މީހެއްގެ ގޮތުގައި ޕްރަބާސް އުޅޭއިރު އޭނާގެ ލޯބިވެރިޔާއަކީ ކްރިތީ އެވެ.
އެ ފިލްމަކީ ހިންދީ އާއި ތަމަޅަ އަދި ތެލޫގޫ އާއި ކަންނަޑާ އާއި މަޅިޔާލަމް ބަހުން ވެސް ނެރެން ހަމަޖެހިފައިވާ ފިލްމެކެވެ. ކުރިން މިއަހަރުގެ އޮގަސްޓް 11 ގައި ފިލްމު ރިލީޒްކުރާ ގޮތަށް އޮތަސް ފަހުން އެ ތާރީހު ބަދަލުކުރީ އާމިރު ޚާންގެ "ލާލް ސިންގް ޗައްދާ" ނެރޭ ދުވަހާ ދިމާވާތީ އެވެ.
މިހާރު ނިންމާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 12 ގައި ފިލްމު ރިލީޒްކުރާށެވެ.