ކުޅުދުއްފުށީ ހުކުރު މިސްކިތަށް ބަޔަކު ގެއްލުން ދީފި
ކުޅުދުއްފުށީ ހުކުރު މިސްކިތަށް ބަޔަކު ގެއްލުން ދީފި

ހދ. ކުޅުދުއްފުށީގެ ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ބަޔަކު އެތަނަށް ރޭ ގެއްލުން ދީފި އެވެ.

ކުޅުދުއްފުށީ ހުކުރު މިސްކިތަށް ބަޔަކު ގެއްލުން ދީފި
ކުޅުދުއްފުށީ ހުކުރު މިސްކިތަށް ބަޔަކު ގެއްލުން ދީފި

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

އެގޮތުން މިސްކިތުގެ ތަޅަމުގެ މަތީގައި ސިމެންތި ޖަހައި ނުހިކި ހުއްޓައި، ތަޅުން މައްޗަށް ފެން ހޮޅިއެއް ދޫކޮށްލައި ތަޅުމުގައި އެކި އެއްޗެހި ލިޔެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަދު ފަރާތްތަކެއްގެ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންވެ، ރަށުގެ ތަރައްގީ އަށް ހުރަސްއެޅެމުންދާ ކަން ހިތާމަޔާ އެކު ފާހަގަކުރަން،" މޭޔަރު ވިދާޅުވި އެވެ.

އެފަދަ އަމަލުތައް ހިންގިޔަސް، ރަށުގެ ތަރައްގީ އާއި ރައްޔިތުންގެ ހެވާއި ލާބަ އަށް ސިޓީ ކައުންސިލުން މަސައްކަތްކުރުމުގައި ދެމި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.