ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް
ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް

އިންޑިއާގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖޭގެ ޓީމާއި ވަކިވަކި ކުޅުންތެރިން ވެސް ކާމިޔާބުތަކެއް ހޯދައިފި އެވެ.

ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް
ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް

އިންޑިއާގެ އައްސާމް އެންމެ ބޮޑު ސިޓީ، ގުވަހަޓީ ގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ޓީމު އިވެންޓްގެ ދެ ކެޓަގަރީ އަކުން ރާއްޖެއިން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެގޮތުން 15 އަހަރުން ދަށުގެ ޓީމާއި 17 އަހަރުން ދަށުގެ ޓީމުން ވެސް އެ ދެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި އެވެ.

ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް
ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް

ބްރޯންޒް މެޑަލް ހޯދި 15 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން:

- ސަމްރާ އަހުމަދު ހައިކަލް

- އައިޝަތު ޒޯޔާ ހުސައިން

- ޔޫސުފް މުނައިދީ މަތުލޫބް

- އައްޔޫބު އަޒުހަރު މުހައްމަދު

ބްރޯންޒް މެޑަލް ހޯދި 15 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން:

- މުހައްމަދު އުދައިޝް އަހުމަދު ޝަރީފް

- ޝުބާ މުހައްމަދު ޝަރީފް

- ޝައިބާ މުހައްމަދު ޝަރީފް

- އިސްމާއީލް ނާބިތު އިބްރާހިމް

ޑަބަލްސްގެ 15 އަހަރުން ދަށުގެ އަންހެން ބައިގައި ސަމްރާ އާއި ޒޯޔާ ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެ އުމުރުފުރާގެ ފިރިހެން ބައިގައި ޔޫސުފް އާއި އައްޔޫބް ވެސް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

މުބާރާތުގައި ދިވެހި ޓީމުގެ ކޯޗެއްގެ ގޮތުގައި ދިޔައީ ބެޑްމިންޓަން އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް އޮފިސާ އަހުމަދު އިޔާދެވެ. މެނޭޖަރަކީ އާތިފް ހުސައިން އެވެ.