ހިތަދޫން ޒުވާނަކު ގެއްލިގެން ހޯދަނީ
ހިތަދޫން ޒުވާނަކު ގެއްލިގެން ހޯދަނީ

އައްޑޫ ހިތަދޫން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ، އެ ރަށު އުބައިދުالله ހަސަން، 28 ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އަށެއް ޖަހާކަންހާއިރު ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނުނީ ހިތަދޫ ގުރައިޝާ މަންޒިލްގެ ކައިރިން ކަމަށް ފުލުހުން ބުނެ އެވެ. އޭރު އެ ޒުވާނާ ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށް ފުލުހުން ބުންޏެވެ.

އުބައިދުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.

މީގެ ދެ ހަފުތާ ކުރިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުނު 27 އަހަރުގެ މުހައްމަދު އަޒްހާންގެ ހަށިގަނޑު މިރޭ ވަނީ ހުޅުމާލޭގެ ވޯޓާ ތީމް ޕާކާ ދިމާލު ޖަންގަލި ތެރެއިން ފެނިފަ އެވެ.