01 އޮކްޓޯބަރ 2022 - 16:22

ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހާއްސަ އޮފާތަކެއް ތައާރަފް ކޮށްފި އެވެ.
ދިރާގުން ބުނީ އެ އޮފާގައި 125ރ. އަށް 125ޖީބީ ލިބޭނެ ކަމަށެވެ. އަދި އެ ޑޭޓާ ޕެކު ޕްރިޕެއިޑް އަދި ޕޯސްޓުޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓު ކުރާ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ދިރާގުން ބުނީ އެ އޮފާގެ އިތުރުން ޑެއިލީ ޑޭޓާ އޮފާތަކެއް ވެސް ތައާރަފުކޮށްފައި ވާކަމަށެވެ. އަމިއްލަ ޕޯސްޓުޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެ ގުނަ ޑެއިލީ ޑޭޓާ ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ އަހަރީ ދުވަހާ ގުޅިގެން ތައާރަފު ކުރި އޮފާތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ހާއްސަ ލަކީޑްރޯއެއް ވެސް ވަނީ ފަށައިފަ އެވެ. އެ ލަކީޑްރޯއިން ހޮވޭ 7 ފަރާތަކަށް "އައުކޭ ޓްރޫ ވަޔަލަސް އެއާބަޑް" ލިބޭނެ އެވެ.
ދިރާގުން ބުނީ އަހަރީ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުން އެ މީހެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަން ސޯޝަލްމީޑިއާގައި ހިއްސާކޮށްގެންނެވެ.