ގަސްތައް ނުނަގައި އަމީނީމަގު ހެދޭކަށް ނެތް: ރައީސް އޮފީސް
ގަސްތައް ނުނަގައި އަމީނީމަގު ހެދޭކަށް ނެތް: ރައީސް އޮފީސް

ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި އަމީނީމަގުގައި ހުރި ގަސްތައް ކަނޑަން ޖެހުނީ އެ ގަސްތައް ބަހައްޓައިގެން ތާރުއެޅެން ނެތިގެން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ގަސްތައް ނުނަގައި އަމީނީމަގު ހެދޭކަށް ނެތް: ރައީސް އޮފީސް
ގަސްތައް ނުނަގައި އަމީނީމަގު ހެދޭކަށް ނެތް: ރައީސް އޮފީސް

ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭ ގޮތުން މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ އެ ގަސްތައް ކަނޑަނީ އޭގެ މޫތައް މަގަށް ފެތުރިފައި ހުރި ގޮތުން އެ މަގުގައި ހޮޅި ވަޅުލުން ކަހަލަ ކަންކަމަށް ދަތިވާތީ ކަމަށެވެ.

ގަސްތައް ނުނަގައި އަމީނީމަގު ހެދޭކަށް ނެތް: ރައީސް އޮފީސް
ގަސްތައް ނުނަގައި އަމީނީމަގު ހެދޭކަށް ނެތް: ރައީސް އޮފީސް

"ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމެއް ނޫން. އެހެން ނަމަވެސް، މަޝްރޫއުތައް ކުރިއަށް ދާއިރު، ކޮންމެވެސް ވަރަކަށް މި ކަހަލަ ކަންކަން އެބަ ހިނގާ،" އޭނާ ވިދާޅުވި އެވެ.

އަމީނީމަގުގައި ހިނގާވެބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް މިހާރު ވަރަށް ބޮޑަށް ދަތިވެ، އާންމުންނަށް އުނދަގޫވެފައި ވާތީ، އެ މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށް ދިއުން ވަރަށް މުހިންމުވާ ކަމަށް ތަރުޖަމާންގެ ވާހަކަތަކުން އިޝާރާތްކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ އަމީނީމަގުގައި އިންދާފައި ހުރި ގަސްތަކަކީ އާންމުކޮށް މި ކަހަލަ މަގުތަކުގައި އިންދާ ގަސްތަކަށް ވުރެ ތަންކޮޅެއް ތަފާތު ގަހެއް. ރާއްޖޭގައި ވެސް މާލޭގައި ވެސް ފެން ފަށަލަ ފުދޭވަރަކަށް ތިލަކޮށް އޮންނާތީވެ، ގަހުގެ މޫތަށް ވަރަށް ބޮޑަށް ފެތުރިގެން އެބަދޭ. ފެތުރިގެން ދިޔައީމަ މަގު މި ވަޅުލައި ހޮޅިތަކާއި ކޭބަލްތަކާ މި އެއްޗެއްސަށް ގެއްލުންވުމާއި އަދި އެ ހޮޅިތައް ވަޅުލުމަށް ވެސް ދަތިތަކެއް އެބަ ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

"މި ގަސްތައް ކަނޑާފައި އުކާލަނީކީއެއް ނޫން، މި ގަސްތައް އެހެން ތަންތަނުގައި އިންދާނެ. އޭގެފަހުން އެ މަގުން އަލުން ފެހިކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ."

މިއުވާން ވިދާޅުވީ އެ ގަސްތައް މިހާރު އެ ހުރި ތަނުގައި ހުރެއްޖެ ނަމަ އޭގެ ސަބުބުން އެ މަޝްރުއޫ ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ، އަމީނީމަގުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކުރީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ. އެކަމަކު، އާންމުންގެ އުންމީދުތަކާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އެ މަޝްރޫއު ފެށިތަނާހެން އާރްޑީސީން އެ މަގުގައި ހުރި ގަސްތައް ނަގަން ފެށުމުން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

ދަރުބާރުގެ ކައިރިން މަގު ހަދަން ފެށީ އަމީނީމަގުގައި 20-30 އަހަރުން ވެފައި ހުރި ބޮޑެތި ގަސްތައް ކޮށާލައި އެ ގަސްތައް ނެގުމަށް ފަހު އެވެ. އެ ގަސް ކެނޑުން ހުއްޓުވަން މި ހަފުތާގައި މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވެއްދި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ގަސް ނުކަނޑައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވަން ކޯޓަށް މައްސަލައެއް ހުށަހަޅުއްވަން ވެސް ތައްޔާރުވަމުންނެވެ.