29 ސެޕްޓެމްބަރ 2022 - 12:37

އެލިއާ އިންވެސްމެންޓްސް އަދި ޔަމަހާ ޖަޕާންގެ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން ކުރިއަށް ގެންދިޔަ ވައިޓީޓީ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމް ނިންމާލައިފި އެވެ.

އެލިއާ އިން ބުނީ އެ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ލިމިޓެޑް ސްލޮޓުތަކެއްގައި ކުރިއަށް ގެންދިޔަ ޕްރޮގުރާމެއް ކަމަށެވެ. ދިވެހި އިންޖިނިއަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 18 އިންޖީނިއަރަކު ބައިވެރިވި ކަމަށް އެލިއާއިން ބުންޏެވެ.
އެލިއާއިން ބުނީ އެ ޕްރޮގުރާމުގައި ޔަމަހާގެ އިންޖީނުތަކާ ގުޅުން ހުރި މުހިންމު ގިނަ މައުލޫމާތުތަކެއް ބައިވެރިންނަށް ދީފައިވާ ކަމަށެވެ. އޭގެތެރޭގައި، އިންޖީނުގެ އެކި ބައިތަކުގެ މައުލޫމާތާއި މެއިންޓެނަންސާއި ސާވިސްކުރުމާ ގުޅުން ހުރި މައުލޫމާތުތައް ބައިވެރިންނަށް ދީފައިވާ ކަމަށް ބުންޏެވެ. އަދި އެ ޓްރެއިނިންގައި ކިޔަވައިދިން ބައިތަކާ ގުޅުންހުރި ކަންކަމުގެ ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.
އެލިއާ އިން ބުނި ގޮތުގައި ޓްރެއިނިން ސެޝަންތައް ނިންމާލުމަށް ފަހު މިހާރު ކުރިއަށް ދަނީ ޓެސްޓު މަރުހަލާތަކެވެ. އެގޮތުން ޕްރޮގުރާމުގެ ބައިވެރިންނަށް ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓެއް ދޭނެ ކަމަށް ވެސް ބުންޏެވެ. އެ ޓެސްޓުން ފާސްވާ ހުރިހާ އިންޖިނައަރުންނަށް ޔަމަހާ ސެޓިފައިޑް އިންޖިނިއާގެ ސެޓިފިކެޓު ހަވާލު ކުރެވޭނެ ކަމަށް އެލިއާ ބުންޏެވެ.
އެ ޓްރެއިނިން ޕްރޮގުރާމްގެ ސެޝަންތައް ނަގާދީފައި ވަނީ އެލިއާގެ ސިނިއާ މެކޭނިކުންގެ މަގާމުގައި ތިބި ޔަމަހާ ޓެކްނިކަލް އެކަޑަމީގެ ސެޓިފައިޑް ޓްރެއިނަރުންނެވެ.
އެލިއާއިން ބުނީ އެ ފަދަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ އިންޖިނިއަރުންނަށް ޔަމަހާ އިންޖީނު މެއިންޓެއިންކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ކަސްޓަމަރުންނަށް އިންޖީނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށެވެ.