ޓްރީ ޓޮޕުން ތެލެސީމިއާ ޕެކޭޖު ތައާރަފުކޮށްފި
ޓްރީ ޓޮޕުން ތެލެސީމިއާ ޕެކޭޖު ތައާރަފުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ތެލެސީމިއާ ސްކްރީނިން ޕެކޭޖަކާއި ތެލެސީމިއާ ޗެކްއަޕް ޕެކޭޖެއް ތައާރަފުކޮށްފިި އެވެ.

އެ ހޮސްޕިޓަލުން ބުނީ ތެލެސީމިއާ ސްކްރީނިން ޕެކޭޖަކީ ތެލެސީމިއާ ޓެސްޓު އަލަށް ހަދަން ބޭނުންވާ މީހުންނަށް ފަރުމާ ކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. އަދި ތެލެސީމިއާ އަށް ޓެސްޓު ކުރުމަކީ އާއިލާއެއް ފެށުމުގެ ކުރިން ކުރުން މުހިންމު ކަމެއްކަން އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

ޓްރީ ޓޮޕުން ބުނީ ތެލެސީމިއާ ޗެކް އަޕް ޕެކޭޖަކީ ތެލެސީމިއާ ހުންނަ މީހުންނަށް އެ ބަލި މެނޭޖުކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ޗެކްއަޕްތައް ފަސޭހައިން ހެދޭނެ އިންތިޒާމުތަކާ އެކު ފަރުމާކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. އަދި އެ ޕެކޭޖުން ހިދުމަތް ހޯދާ ޕޭޝަންޓުންނަށް އަޔަން ކިލޭޝަން ތެރަޕީ އިތުރު ހިދުމަތްތެއްގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އަޔަން ކިލޭޝަން އަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ހަށިގަނޑުގައި އިތުރަށްވެފައި ހުރި އަޔަން ބޭރުކުރުމަށް ދެވޭ ފަރުވާއެކެވެ.

ތެލެސީމިއާ އަކީ ލޭގައި ހިމެނޭ ހީމަގްލޯބިން ފުރިހަމައަށް އުފައްދައި ނުދިނުމުގެ ސަބަބުން މުޅި އުމުރަށް މީހާ ލޭއަޅަންޖެހޭ ބައްޔެކެވެ. އަދި އެ ބައްޔަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ބައްޔެކެވެ.