27 ސެޕްޓެމްބަރ 2022 - 07:46

އާލިއާ ބަޓާ ކައިވެނިކޮށްގެން ދިރިއުޅުމުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ރަންބީރް ކަޕޫރާ ސުވާލުކުރުމުން އާލިއާ އަކީ ނިދާއިރު މުޅި އެނގު ހިފައިގެން އޮންނަ މީހެއް ކަމަށާއި ނިދާލާނެ ތަންކޮޅެއް އެނދުން ހޯދުމަކީ ބޮޑު ކަމަކަށް ވެފައިވާ ކަމަށް ބުނެފި އެވެ.
ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނު "ބްރަހްމަސްތުރާ" ގައި މަސައްކަތްކުރި މި ޖޯޑު ކައިވެނިކުރީ ވެސް އެ ފިލްމުގެ ދުވަސްވަރު ހިތާވެގެން އުޅުމަށް ފަހު، މިދިޔަ އޭޕްރީލް މަހު އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ އާލިއާ ނިދާފައި އޮންނަނީ އެނދު ހުރަހަށް ކަމަށާއި ނިދި ގަދަވާ ވަރަކަށް ދާނީ އެނދުން ހިފާ ޖާގަ ބޮޑުވަމުން ކަމަށެވެ.
ރަންބީރު ބުނީ އާލިއާއާ އެކު އެންމެ އުނދަގޫ ކަމަކަށް ވެފައި ވަނީ މި މައްސަލަ ކަމަށެވެ.
އެ ސުވާލު އާލިއާއަށް އަމާޒުކުރުމުން ބުނީ އެނދުން ޖާގަ ނުލިބޭތީ ރަންބީރު އެއްވެސް އެއްޗެކޭ ނުބުނާ ކަމަށެވެ. އޭނާ ބުނީ މަޑުމައިތިރި، ވަރަށް ރަނގަޅަށް އަޑު އަހާ، މީހެއް ކަމަށެވެ. އާލިއާ ބުނި ގޮތުގައި ރަންބީރަކީ ވަރަށް ބަސް މަދު މީހެކެވެ. އަދި ބައެއް ފަހަރު އޭނާގެ ޖަވާބެއް ކަމަކާ މެދު ހޯދަން ވެސް އެތައް ފަހަރަކު އަހަން ޖެހިދާނެ ކަމަށް ބުންޏެވެ.