26 ސެޕްޓެމްބަރ 2022 - 13:22

ބައިނަލްއަގުވާމީ ސައިން ލެންގުއެޖް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ބީއެމްއެލްއިން އެހީދީފި އެވެ.

ބީއެމްއެލުން ބުނީ އެ ބެންކުން އެ އެސޯސިއޭޝަނަށް ފޯރުކޮށްދިން މާލީ އެހީތެރިކަމަކީ ސައިން ލެންގުއެޖް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން ސައިން ލެންގުއެޖް ޑިކްޝަނަރީއެއް އެކުލަވާލުމަށް ދީފައިވާ މާލީ އެހީތެރިކަމެއް ކަމަށެވެ. އެ އެހީގެ ސަބަބުން އަޑުއިވުމުގައި ދަތިކަން ހުންނަ ފަރާތްތައް ބާރުވެރިވެ، ސައިން ކުރުމުގައި ގިނަ ކަންތައްތަކެއް ފަސޭހަވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބައިނަލްއަގުވާމީ ސައިން ލެންގުއެޖް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑެފް އެސޯސިއޭޝަނާ ގުޅިގެން ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލެންގުއެޖް ޓްރެއިނިން ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ޓްރެނިން އަކީ އަޑުގެ އިވުމުގެ ދަތިކަން ހުންނަ ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، އިންކްލޫސިވް ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެއިނިންއެކެވެ.
ބީއެމްއެލްއިން މި ދިޔަ އަަހަރު ވެސް އެ ފަދަ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.