ޖީ2000 ގެ އާ ކަލެކްޝަނާއެކު "ކްލެސިކް" އިން ހާއްސަ ޑިސްކައުންޓުތަކެއް
ޖީ2000 ގެ އާ ކަލެކްޝަނާއެކު "ކްލެސިކް" އިން ހާއްސަ ޑިސްކައުންޓުތަކެއް

ޖީ2000ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު "ކްލެސިކް" އިން އެ ބްރޭންޑުގެ އާ ކަލެކްޝަނެއް ނެރެފި އެވެ.

ޖީ2000 ގެ އާ ކަލެކްޝަނާއެކު "ކްލެސިކް" އިން ހާއްސަ ޑިސްކައުންޓުތަކެއް
ޖީ2000 ގެ އާ ކަލެކްޝަނާއެކު "ކްލެސިކް" އިން ހާއްސަ ޑިސްކައުންޓުތަކެއް

މިދިޔަ ހުކުރު ދުވަހު ތައާރަފުކުރި އެ ކަލެކްޝަނާއެކު، އެ ފިހާރަ އިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

މި ފަހަރު "ކްލެސިކް" އިން ތައާރަފުކުރީ ފިރިހެނުންނަށް ހާއްސަ އޮފީސްވެއާގެ ކަލެކްޝަނެކެވެ. އެ ކަލެކްޝަނުގައި ހިމެނެނީ 100 ޕަސެންޓު ކޮޓަން، ނޮން އަޔަން، ސްމާޓް ފިޓު އަދި ސްލިމް ފިޓު ގަމީސްތަކެއް ކަމަށް އެ ފިހާރަ އިން ބުންޏެވެ. އޭގެ ތެރޭގައި ޓެކްވޯކު ވެއާ ހިމެނޭއިރު އެ ކަލެކްޝަނުގައި ޕެޓާން އަދި ނޮން ޕެޓާން ގަމީސް ވެސް ވިއްކާނެ އެވެ.

އާ ކަލެކްޝަނާއެކު، "ކްލެސިކް" ފިހާރައިގައި މިހާރު ފަށާފައިވާ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެ ފިހާރަ އިން ބުނެ އެވެ.

ޖީ2000 ގެ އިތުރުން އެއީ މަޝްހޫރު ޖިއަޑާނޯ ބްރޭންޑުގެ ހެދުންތައް ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ފިހާރައިން އެ ދެ ބްރޭންޑުގެ އަންހެން އަދި ފިރިހެން ކެޝުއަލް ވެއާ އާއި ފޯމަލްވެއާ ލިބެން ހުރެ އެވެ.

އަމީރު އަހުމަދު މަގުން ނަސަންދުރަ އިމާރާތް ކައިރީގައި ހުންނަ "ކްލެސިކް" ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން ރޭގަނޑު 11 އަށެވެ.