28 ސެޕްޓެމްބަރ 2022 - 12:51

ލޯ ޓެސްޓުކޮށް، ނަމްބަރު އައިނު ހައްދައިދޭ ސިޓީ އޮޕްޓިކަލް އިން 999ރ. އަށް ނަމްބަރު އައިނު ހައްދައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ތަނުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން އެ އަގުގައި އައިނުގެ ފްރޭމާއި ލެންސް ވެސް ލިބޭނެ ކަމަށެވެ. ސިޓީ އޮޕްޓިކަލް އިން އެ ޕްރޮމޯޝަންގައި ހައްދައިދޭނީ އައިނު އަޅާ މީހުންގެ 40 ޕަސެންޓް ބޭނުންކުރާ އެންޓި ރިފްލެކްޓިވް ކޯޓިން ލެންސްގެ އައިނެވެ. ހިލޭ ލޯ ޓެސްޓު ވެސް ކުރެވޭނެ ކަމަށާއި އެހެން ތަނެއްގެ ޕްރިސްކްރިޕްޝަނަށް ވެސް ޕްރޮމޯޝަންގެ އަގުގައި އައިނު ހެއްދޭނެ ކަމަށް ސިޓީ އޮޕްޓިކަލް އިން ބުނެ އެވެ.
އެ ޕްރޮމޯޝަނުގައި ހިމެނެނީ ދެކުނު ކޮރެއާގެ އެންމެ ފެންވަރު ހަތަރު ބްރޭންޑެއްގެ ފްރޭމްތަކެކެވެ. އަދި އޮޕްޝަނުގެ ގޮތުގައި ސާޅީހަށް ވުރެ ގިނަ ސްޓައިލެއްގެ ފްރޭމް ވަނީ ހިމަނައިފަ އެވެ.
ސިޓީ އޮޕްޓިކަލް އިން ބުނިގޮތުގައި، އެއީ ރާއްޖޭގައި އައިނު ވިއްކާ ފިހާރައަކުން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ ޕްރޮމޯޝަނެވެ.
އެ ކުލިނިކުން ބުނީ އެ ތަނުގައި ލޯ ޓެސްޓް ކުރުމުގެ ހިދުމަތްތައް ދެމުން އަންނަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ. ލޮލުގެ މައްސަލަތައް ދެނެގަތުމަށް ބޭނުންކުރާ ވިޝަނިކްސް ބްރޭންޑުގެ ސިސްޓަމަކީ ލޮލުގެ ފަރުވާދޭ ޑޮކްޓަރުންނާއި ދުނިޔޭގައި މަގުބޫލުކަން ލިބިފައިވާ ބްރޭންޑެއްކަން ފާހަގަ ކުރެ އެވެ. އެއީ ލޮލުގެ މައްސަލަތައް ދެނެގަތުމަށް ވޭވް ފްރަންޓް ޓެކްނޮލޮޖީ ވެސް ތައާރަފުކުރި އެމެރިކާގެ ބްރޭންޑެކެވެ.
ސިޓީ އޮޕްޓިކަލުން ބުނީ އެ ކުލިނިކުގައި ކޮންސަލްޓަންޓް އޮޕްޓޮމެޓްރިސްޓްގެ ގޮތުގައި އުޅުއްވާ ލޮކް ބަހަދުރު ރުމްބާ އަކީ އައިކެއާގައި ސީނިއާ އޮޕްޓޮމެޓްރިސްޓެއްގެ ގޮތުގައި ފަސް އަހަރު މަސައްކަތް ކޮށްފައިވާ ޑޮކްޓަރެއް ކަމަށެވެ. އޭނާ ވަނީ އިންޑިއާގެ އިތުރުން ނޭޕާލުގައި 10 އަހަރު މަސައްކަތް ކޮށްފަ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައި ހުންނަ ސެންޓަރުން ވެސް ހެޔޮ އަގުގައި ބޭނުން ވައްތަރެއްގެ ލެންސެއްގައި އައިނު ހެއްދޭނެ ކަމަށް ސިޓީ އޮޕްޓިކަލުން ބުންޏެވެ.
އެ ޕްރޮމޯޝަންގެ ދަށުން 7980504 އަށް މެސެޖް ކުރުމުން އެޕޮއިންޓް ހެއްދޭނެ އެވެ.