ދިރާގު "ސަޅި ޓޫ ވީކްސް"، ދުވާލަކު 5ޖީބީގެ ޑޭޓާ، 265ރ. އަށް!
ދިރާގު "ސަޅި ޓޫ ވީކްސް"، ދުވާލަކު 5ޖީބީގެ ޑޭޓާ، 265ރ. އަށް!

ދިރާގު "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒު ކޮށްގެން 265ރ. އަށް ދުވާލަކު ފަސް ޖީބީގެ ޑޭޓާ ދެ ހަފުތާ ވަންދެން ލިބޭ އޮފާއެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން މިއަދު ބުނީ އަލަށް ތައާރަފުކުރި "ސަޅި ޓޫ ވީކްސް" ޕްލޭނާއެކު ދެ ހަފުތާ އަށް 70 ޖީބީގެ ޑޭޓާ ނެގުމުގެ ފުރުސަތު "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

އެ ޕެކޭޖް ނެގުމަށް ދިރާގު އެޕް ބޭނުން ކުރެވޭނެ ކަމަށާއި "S1GB14" ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކޮށްގެން ވެސް އެ ޕެކޭޖް އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ސަޅި" ޕްރިޕެއިޑް ޕްލޭނުގެ ދަށުން ކޮންމެ ދުވަހަކު ރިފްރެޝް ކުރެވޭނެ އެވެ. އަދި އެއީ ކޮންމެ ދުވަހަކު ޑޭޓާ އާ ކޮށް، ވެލިޑިޓީ އަމިއްލަ އަށް އިހުތިޔާރު ކުރެވޭ ގޮތަށް ދިރާގުން ފަރުމާ ކޮށްފައިވާ ޕްލޭނެކެވެ. އެ ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަންބަރަކަށް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެ އެވެ.