އެކްސިޑެންޓުވި ޑިންގީން މީހަކު ވެއްޓުމުން ވެސް މަޑުނުކޮށް ދިޔައީ ކަމަށް ތުހުމަތުކޮށްފި
އެކްސިޑެންޓުވި ޑިންގީން މީހަކު ވެއްޓުމުން ވެސް މަޑުނުކޮށް ދިޔައީ ކަމަށް ތުހުމަތުކޮށްފި

ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅުތެރޭގައި ރޭ ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓުވި އިރު ޑިންގީގައި އެއްވެސް އަލިކަމެއް ނެތް ކަމަށާއި ލޯންޗުގައި ޖެހި ޑިންގީން މީހަކު މޫދަށް ވެއްޓުމުން ވެސް އަޅާނުލައި ފިލައިގެން ދިޔައީ ކަމަށް ލޯންޗުގެ ވެރިފަރާތުން ތުހުމަތުކޮށްފި އެވެ.

އެކްސިޑެންޓުވި ޑިންގީން މީހަކު ވެއްޓުމުން ވެސް މަޑުނުކޮށް ދިޔައީ ކަމަށް ތުހުމަތުކޮށްފި
އެކްސިޑެންޓުވި ޑިންގީން މީހަކު ވެއްޓުމުން ވެސް މަޑުނުކޮށް ދިޔައީ ކަމަށް ތުހުމަތުކޮށްފި

ރޭ 7:35 ހާއިރު އެކްސިޑެންޓުވި "މޯލްޑިވްސް ސީ ޝައިން" ލޯންޗުގެ ވެރިޔާ މުހައްމަދު ނާފިޒް "މިހާރު" އަށް ބުނީ ލޯންޗުގައި ނެވިގޭޝަނާއި ލައިޓު ވެސް ހުންނާނެ ކަމަށާއި ޑިންގީގައި އަލިކަމެއް ނެތް ކަމަށެވެ. އޭނާ ބުނީ ބާރު ސްޕީޑުގައި ދުއްވާފައި އައިސް ލޯންޗުގައި ޖެހުނީ ޑިންގީ ކަމަށެވެ.

އެކްސިޑެންޓުވި ޑިންގީން މީހަކު ވެއްޓުމުން ވެސް މަޑުނުކޮށް ދިޔައީ ކަމަށް ތުހުމަތުކޮށްފި
އެކްސިޑެންޓުވި ޑިންގީން މީހަކު ވެއްޓުމުން ވެސް މަޑުނުކޮށް ދިޔައީ ކަމަށް ތުހުމަތުކޮށްފި

"ޖެހުނީމާ ޑިންގީގައި ހުރި ބޭފުޅަކު ވިއްސައިގެން މޫދަށް ވެއްޓުނީމަ ވެސް އެ ބޭފުޅުން އެ ދިޔައީ އަަޅާ ވެސް ނުލައި. ނުވެސް ފެނުނު ޑިންގީއެއް. އޭގައި ތިބީ ކިތައް މީހުންކަމެއް ވެސް ނޭނގޭ. ދިޔަ ގޮތަށް އެ ދިޔައީ،" ނާފިޒް ބުންޏެވެ.

ނާފިޒް ބުނީ އެ ވަގުތު މީހަކު ސަލާމަތަށް އެދި ރޯ އަޑު އިވޭ ކަމަށާއި އެ އަޑަށް ލޯންޗުގައި ހުރި ކައްޕި އާއި ކުރޫ ބެލި އިރު އެ މީހާ ކިރިޔާ ފެންމަތީގައި އޮތީ ކަމަށެވެ. އެ ވަގުތު ލޯންޗު ގޮސް އެ މީހާއާ ކައިރިކޮށް ނެގޭތޯ މަސައްކަތްކުރި ކަމަށް ވެސް ނާފިޒް ބުންޏެވެ.

"އެ މީހާ އަތުގައި ކިރިޔާ ހިފުނީ. ހިފައިގެން އެ ބޭފުޅާ ނުނެގިގެން އަޅުގަނޑުމެންގެ ކައްޕި އާއި ކުރޫއާ އެހެން އުޅެނިކޮށް އިއްތިފާގުން އާދެވެނީ ކޯސްޓުގާޑަށް. ދެން އެމްއެންޑީއެފްގެ ބޭފުޅަކު މޫދަށް ފުންމާލައިގެން ދެބައި މީހުން އެކުވެގެން އެ މީހާ ނަގައިގެން ގެންދިޔައީ،" ނާފިޒް ކިޔައިދިނެވެ.

އެކަމަކު އެމްއެންޑީއެފުން ބުނީ އެކްސިޑެންޓުވެގެން އުޅޭކަން އެނގުނީ ލޯންޗަކާއި ޑިންގީއެއް ހުޅުމާލެ ނެރުމަތީ މަޑުކޮށްގެން އޮތްތަން ފެނި ސުވާލުކުރުމުން ކަމަށެވެ. ޑިންގީ އާއި ލޯންޗު ޖެހި، ޑިންގީގައި ހުރި މީހަކު މޫދަށް ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ގޮސްފައިވާކަމަށާއި އަދި އެ މީހާ ނުނެގިގެން އުޅޭކަން ސިފައިން ގާތު ބުނުމުން އެހީވީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކަމަކު، ޑިންގީގައި ހުރި މީހަކު ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ދިޔަ ބުނާ ވާހަކަ ނާފިޒް ދޮގު ކުރެ އެވެ. އޭނާ ބުނީ އެކްސިޑެންޓު ވީ ގޮތުގެ މައުލޫމާތު އެމްއެންޑީއެފުން ލޯންޗުގެ ކައްޕި އާއި ކުރޫގެ ގާތުން ނުވެސް އަހާ ކަމަށެވެ.

އޭނާ ބުނީ އެކްސިޑެންޓުވި ޑިންގީ ހޯދީ މާލޭގައި އޮތް ސީ ޝައިންގެ އިތުރު ދެ ލޯންޗު ގެނެސްގެން ކަމަށެވެ. ޑިންގީ ފެނުނު އިރު ވެސް ޑިންގީ ތެރޭގައި ލޭ ވެސް ހުރި ކަމަށް ނާފިޒް ބުންޏެވެ.

"ފެނިގެން އަޅުގަނޑުމެން އަނެއްކާ ފުލުހުންނަށް ގުޅީ. ގުޅައިގެން ގެނައި އިރު ޑިންގީގައި ލޭ ވެސް ހުރި. އޭގައި އިތުރަށް ތިބި ދެތިން މީހުން ވެސް ތިބީ ވަރަށް ބޮޑަށް ޒަހަމްވެފައި. އަދިވެސް އަޅުގަނޑުމެންނަކަށް ނޭނގޭ އޭގެން ދަތުުރުކުރީ ކިތައް މީހުން ކަމެއް ވެސް،" ނާފިޒް ބުންޏެވެ.

"ސުވާލު އުފައްދަން ޖެހޭ މޫދަަށް ވެއްޓުނީ ކާކުތޯ. މޫދުން ނެގި މީހާއަކީ ކާކުތޯ؟ އެއީ ކޮންތަނަކުން އައި މީހެއްތޯ؟ ކޮބާތޯ މީނައާ ޒިންމާވާން ޖެހޭ ފަރާތް،"

ނާފިޒް ބުނީ ޒަހަމްވި މީހާގެ އަތުގެ މަސްގަނޑު އިރައިގެން ގޮސް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އޭނާ އަށް ފަރުވާ ދެނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.

އެކްސިޑެންޓުވި 10 މީހުންގެ ޖާގައިގެ 24 ފޫޓުގެ ލޯންޗުގައި ތިބީ ކައްޕި އާއި ކުރޫ އެކަންޏެވެ. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކްސިޑެންޓުވީ ޑިންގީގައި ވިއްސަކަށް ފޫޓް ވެސް ހަމަނުވާނެ ކަމަށް ނާފިޒް ބުންޏެވެ.

ލޯންޗުގައި ތިބި މީހުންނަށް އަނިޔާ ނުވިޔަސް ލޯންޗުގެ ކުރީކޮޅު ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ. ޑިންގީގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޑިންގީގެ ވެސް ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.