08 ޖެނުއަރީ 2017 - 06:23

ވިޝާލް ބަރްދްވަޖް އަކީ ވަރަށް ރީތި މޮޅު ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރެކެވެ. "އޯމްކާރާ"، "މަގްބޫލް" އަދި "ހައިދަރް" އަކީ މީގެ ރަނގަޅު މިސާލުތަކެވެ. އޭނާ އުފައްދާ ކޮންމެ ފިލްމެއްގައި ވެސް ޚާއްސަ ސިފަތަކެއް ހުރެ އެވެ.
އެގޮތުން މިހާރު އޭނާ އުފައްދަމުންދަނީ ކަންގަނާ ރަނާވަތު އާއި ސައިފް އަލީ ޚާން އަދި ޝާހިދު ކަޕޫރު މުހިއްމު ބައިތައް ކުޅޭ "ރަންގޫން" އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ލޯބީގެ ވާހަކަ އެކެވެ.
މިހާރު މި ފިލްމުގެ ޓްރެއިލާ ވަނީ ނެރެފަ އެވެ. އަދި ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނަނީ ފިލްމަށް ޝައުގުވެރިކަން އިތުރުވާ ކަމަށެވެ.
މިއީ ހަނގުރާމައިގެ މައިދާނުގައި ތިން މީހެއްގެ މެދުގައި ހިނގާ ލޯބީގެ ހާދިސާތަކެއް ފެންނާނެ ފިލްމެކެވެ. ފިލްމުގެ ޑައިލޯގްތައް ވަރަށް ފުރިހަމަ އެވެ.
ވިޝާލް އަކީ ނެޝަނަލް އެވޯޑު ލިބޭ ފެންވަރުގެ ޑައިރެކްޓަރަކަށް ވާތީ މި ފިލްމަކީ ވެސް ގިނަ ބަޔަކު އެވޯޑު ގެންދާނެ ފިލްމެއް ކަމުގައި ގިނަ ބަޔަކު އުންމީދު ކުރެ އެވެ.