08 ޖޫން 2016 - 10:22

ރޯމް (ޖޫން 8) - ރޯމާއާ އެކު އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކޮށް އަންނަ ސީޒަނަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމާލަން އެ ޓީމުގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ ނިންމައިފި އެވެ.
އުމުރުން 39 އަހަރުގެ ޓޮޓީ 1993 ވަނަ ރޯމާ އިން ކެރިއަރު ފެށި ގޮތަށް އެހެން ކްލަބަކަށް ކުޅެފައެއް ނުވެ އެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެކަށީގެންވާ ފުރުސަތު ނުލިބޭތީ އޭނާ އެހެން ދިމާލަކަށް ގޮސްފާނެ ކަމަށް ބެލެވުނެވެ. މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި އޭނާ 13 މެޗު ކުޅުނު ނަމަވެސް ފަހު ހަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ހަތަރު ލަނޑު ޖެހި އެވެ.
"އަހަރެން އަބަދުވެސް ބޭނުންވީ އެންމެ ކްލަބެއްގެ ޖާޒީގައި ކެރިއަރު ނިންމާލަން. އެއީ ރޯމާގެ ޖާޒީ،" ޓޮޓީ ބުންޏެވެ.
އުމުރުން 12 އަހަރުގައި 1989 ވަނަ އަހަރު ރޯމާއާ ގުޅުނު ޓޮޓީ ސީނިއާ ޓީމަށް ކުޅެން ފެށީ އުމުރުން 16 އަހަރުގައި 1993 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު އެއް ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.