މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި
މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޭ ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ކަމަށް ބުނާ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ގެއެއްގެ ބޭރުގައި ހުރި އެ ސައިކަލު އޮތީ އެއްކޮށް އަނދައި، އަޅިއަށް ވެފަ އެވެ.

މި ކުށަށް އަރައިގަތް ސަބަބެއް އަދި ނޭނގެ އެވެ. އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.