އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

ބޯހިޔާވަހިކަން ހޯދައި ނުދެވުމަކީ ރާއްޖެ އަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވިޔަސް ސަރުކާރުތަކުން އެ މައްސަލަ ހައްލުކުރުމުގައި މިހާތަނަށް އިހުމާލުވެފައިވާ ކަމަށާއި އެކަމަކު އެމްއެންޕީގެ ވެރިކަމެއްގައި ދާއިމީ ހައްލެއް ހޯދައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ މަސައްކަތުން ގައުމަށް ފުރިހަމަ ބަދަލެއް ގެންނަން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓަކު ނުކުންނަވާނެ ކަމަށް ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

ތާޖުއްދީން ސްކޫލުގައި އޮތް ޖަލްސާގައި އޭނާ ވިދާޅުވީ، ދިވެހިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ސަރުކާރުތަކުން އާންމުންނަށް ފުއްދުންތެރިކަން ހޯދައިދީފައި ނުވުން ހިމެނޭ ކަމަށާއި ރާއްޖޭގެ ރަށްތަކަށް ލިބެންޖެހޭ ތަރައްގީ ވެސް ލިބިފައި ނެތްކަން ފާހަގަކުރެވޭ ކަމަށެވެ. އޭގެ ސަބަބުން ރަށުގައި އާމްދަނީ ހޯދޭނެ ގޮތްތަކެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވިގޮތުގައި އެކި އަތޮޅުތަކަށް ސިޓީގެ ދަރަޖަ ދީފައި ވިޔަސް ކަމެއް ޖެހިއްޖެ ނަމަ، އަންނަން ޖެހެނީ މާލެއަށެވެ. އެހެންވެ، ލިބޭ އާމްދަނީން ބޮޑު ބައެއް ކުއްޔަށް ދޭން ޖެހުނަސް ގިނަ ބަޔަކު މާލެ އަށް ހިޖުރަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

"ތަރައްގީ ކުރަން އުޅެނީ ވަކި ރަށްތަކެއް. ތަރައްގީގައި ޝާމިލުވާން ބޭނުންވާ މީހުން ޖެހެނީ އަބަދުވެސް މާލެ އަށް ހިޖުރަކުރަން. ނަތީޖާއަކީ ތަންތަން ކުއްޔަށް ހިފައިގެން ވަރަށް ދަތި ހާލުގައި ކުއްޔާ މެދު ވިސްނަވިސްނައި ޑިޕްރެޝަނަށް ދަނީ،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކުރެވި އެތައް މައްސަލަތަކެއް ފެންމަތިވަމުންދާއިރު ވެސް އެ ކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި ސަރުކާރުތަކުން މަސައްކަތްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށެވެ. އެކަަމަކު އެމްއެންޕީ އަށް ވެރިކަން ލިބިއްޖެ ނަަމަ، އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

"ކޮންމެ ސަރުކާރަކުން ވެސް މި ފެންނަނީ ގޯތި ދިނުމުގައި ފްލެޓް ދިނުމުގައި ދެފުށް ނުފެންނަ ވަގުތީ އެކި މިންގަނޑުތައް ހަދައި އެބަޔަކު ބޭނުންވާ ބަޔަކަށް ދޭ މަންޒަރު. ރައްޔިތުން ބިކަވަނީ. އެތަކެއް މައްސަލަތަކެއް ބޮލުގައި އަޅައިގެން މުޅި ރޭ ބޮލު ރިހުމެއްގައި އުޅެން މި ޖެހެނީ،" ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލުކުރުމަށް ހިންގާ ސްކީމުތަކާ ގުޅިގެން އޭނާ ވިދާޅުވި އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

"އަޅުގަނޑުމެންނަށް އެ މަންޒަރު [ރައްޔިތުން އުޅޭ ހާލު] ފެނިއްޖެ. އަޅުގަނޑުމެންނަށް އިވިއްޖެ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ. މި ޕާޓީގެ ސިޔާސަތު ބައްޓަން ކުރާނީ މި މައްސަލަ އަށް ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ހޯދަން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

އޭނާ ވިދާޅުވިގޮތުގައި ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ވެރިކަން ލިބުމުން ކަމަށް ގަބޫލު ނުކުރައްވާތީ މިހާރު ވެސް އެ ޕާޓީން އަންނަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ޕްލޭނެއް ރޭވުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

ނާޒިމް ވިދާޅުވީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމުގެ ނަމުގައި ހަމައެކަނި މާލޭގެ މީހުންނަށް އެކަން އަމާޒުކުރަން ޖެހޭ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ.

އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
އެމްއެންޕީން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް

"މާލޭގެ ރައްޔިތުންނަކީ ކޮބައިކަން ސަރުކާރުގެ ވަކި މިނިސްޓަރުކަން ކަނޑައަޅަމުންދާތަން އެބަ ފެނޭ. މިއީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއް ނޫން. ރަށްވެހިކަމަކީ ވަޒީރުކަން ލިބުމުން ބޭނުންއިރަކު ހިތު ހުރި ގޮތަކަށް ބަދަލުކުރެވޭ އެއްޗަކަށް ވެގެނެއް ނުވާނެ. އެ ބާރު އޮންނަންވާނީ ރައްޔިތުންގެ އަތުގައި،" އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން އިއުލާން ކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ.

މާލެއަކީ ރާއްޖޭގެ އެންމެންގެ ހިއްސާ އޮންނަ ސަރަހައްދެއް ކަމަށާއި އެންމެ އަގު ބޮޑު ބިން، ވަކި ބަޔަކަށް ހިލޭ ދިނުމަކީ އެހެން ދިވެހިންނަށް ކުރެވޭ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ނާޒިމް ވަނީ އެކި ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމާން ބަލަހައްޓާނެ ހަރުދަނާ އުސޫލެއް ހަދާފައި ނުވުމާއި ހުރިހާ ދިވެހިންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން އުޅުމާ ގުޅިގެން ވިދާޅުވި އެވެ.

ނާޒިމް ވަނީ އެ ޕާޓީގެ ހުށަހެޅުމަކީ ހަމައެކަނި ޓޫރިޒަމް ބަރޯސާވެގެން ބޭރު ފައިސާ ހޯދުމުގެ ބަދަލުގައި އާމްދަނީ ލިބޭނެ އިތުރު ސިނާއަތްތައް ހޯދުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ހާރިޖީ ކަންކަމުގައި އެމްއެންޕީން ގެންގުޅޭނެ ސިޔާސަތުތައް ހާމަކުރެއްވިއިރު، ރާއްޖެ ތަމްސީލުކުރަން ހުންނަ އެމްބަސީތަކުގައި އެތައް ޒަމާނެއް ވަންދެން ބޭރުގައި އުޅޭ މީހުން ބައިތިއްބާފައިވާތީ އެކަމަށް ވެސް ނާޒިމް ފާޑުވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ތާޖުއްދީން ސްކޫލުގައި ފެށި އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގައި މާދަމާ އަސާސީ ގަވާއިދު ފާސްކޮށް، ފަސް އަހަރު ދުވަހުގެ ސިޔާސަތު ވެސް އެކުލަވައިލާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައްޔިތުންނަށް އޯގާތެރިވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ.

އެމްއެންޕީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުންޏަސް އެ ކެންޑިޑޭޓްގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ނާޒިމް ވަނީ ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. ޕާޓީގެ ޓިކެޓުގައި ރައީސްކަމަށް ނުކުންނަ ބޭފުޅަކު ކަނޑައަޅާނީ ޕްރައިމަރީއަކުންތޯ ނުވަތަ ނޫންތޯ މާދަމާ ރޭ ނިމޭ ކޮންގްރެސްގައި ނިންމާނެ އެވެ.