23 ސެޕްޓެމްބަރ 2022 - 14:09

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން މީގެ ހަތަރު ދުވަސް ކުރިން ގެއްލުނު މުހައްމަދު އަޒްހާން، 27، އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޒުވާނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ.
އެނގިފައިވާ ގޮތުގައި އަޒްހާން މިދިޔަ އާދީއްތަ ދުވަހު ހެނދުނު 6:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެ އެވެ.
އަޒްހާން ގެއްލުނުއިރު ލައިގެން ހުރީ ޕީޗް ކުލައިގެ މާޖެހި އަތް ކުރު ގަމީހެކެވެ.
އަޒުހާނާ ގުޅޭ މައުލޫމާތެއް އެނގޭނަމަ ދެ ވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަމްވަރު 9393351 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.