އާސަންދައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޒާމް
އާސަންދައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޒާމް

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އިސްމާއިލް އައްޒާމް ވަޖީހު މިއަދު އައްޔަންކޮށްފި އެވެ.

އައްޒާމަކީ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އެންސްޕާގެ ސީއީއޯކަން ކުރީގެ ސަރުކާރުގައި ވެސް އޭނާ އަދާކުރެއްވި އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވީ މަރިޔަމް ޝަފީގު މިއަދު ވަނީ އެންސްޕާގެ ސީއީއޯއަކަށް ބަދަލުކުރައްވައިފަ އެވެ.