ހުޅުމާލެއިން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
ހުޅުމާލެއިން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލެއަށް އުފަން މުހައްމަދު އަޒުހާން، 27، ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:00 ގަ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަކަށް އޭނާގެ ހަބަރެއް ނުވެ އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އަޒުހާން ގެއްލުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.

އަޒުހާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ދެ ވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ނަމްބަރު، 9393351 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.