ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!

މަޖީދީ މަގުން ދަމަނަވެށި ކުރިމަތީގައި އޮންނަ ހަނި ގޯޅިގަނޑެއްގެ އެންމެ އެތެރޭގައި ހުންނަ ހ. ފަރިވަދުގެ ކައިރިއަށް ގޮސް ސަލާން ގޮވާލަން އުޅެނިކޮށް ނުކުތީ އުމުރުން ދުވަސްވީ އަންހެނެކެވެ. ޕްލާސްޓިކް ތައްޓެއް ހިފައިގެން، ހިނިއައިސްފަ އެވެ.

ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!
ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!

މިއީ އުމުރުން މިހާރު 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ސައީދާ އެވެ. ސައީދާއްތަ އެވެ. އޭނާ ބުނި ގޮތުގައި ތިން ކައިވެންޏެއްކޮށް 8 ދަރިން ލިބުނެވެ. އެކަމަކު ދުނިޔޭގައި ހުރީ އެންމެ ކުއްޖެކެވެ. އެއީ އުމުރުން 40 އަހަރަށް ވުރެ މަތީގެ ފިރިހެނެކެވެ. ނަމަވެސް ސައީދާއްތަ އަށް ލިބުނު ކުދިންގެ ތެރެއިން ދުނިޔޭގައި މިހާރު ހުރި ހަމައެކަނި އެ ދަރިފުޅު އުޅެނީ ނަފުސާނީ ބަލީގަ އެވެ. ސައީދާއްތަ އެންމެ ފަހުން ކައިވެނިކުރި މީހާ ވެސް ނިޔާވެއްޖެ އެވެ. އެހެންވެ ސައީދާއްތަގެ އެކަނިވެރިކަން ވަރަށް ބޮޑެވެ.

ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!
ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!

މި އެކަނިވެރިކަން އޭނާ ގެންގޮސް ވައްޓާލާފައި އޮތް ހިސާބު ފެންނަނީ ގޭތެރެއިންނެވެ. މުޅި ދިރިއުޅުން ބިނާވެފައި އޮތް "ގެ" އަކީ 8 ފޫޓް 5 ފޫޓް ގޮޅިއެކެވެ. އެ ކުޑަތަންކޮޅު ފުރިފައި އޮތީ "ކުނިބުނި"ތަކުންނެވެ. ޓިނުން މަތި ހިޔާކޮށްލާފައި ހުރި އިރު ބަލައިލި ކޮންމެ ދިމާލުން ފެންނަނީ މަކުނު ވަލެވެ. އޭނާގެ އުމުރުން ވީހާ ދުވަހެއް ވީ އެ ގޭގަ އެވެ. ސައީދާއްތަ ދިރިއުޅޭ ފަރިވަދުގޭގެ ބިއްދޮށުގެ ބައެއްގައި އާއިލާގެ ބަޔަކު އުޅެ އެވެ.

ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!
ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!

މި ގޭގައި ހުރި ހަމައެކަނި އަލި ކަމަކީ މިއީ އެވެ. އާދައިގެ ބޮތްކަކާއި ފަންކާ އެކެވެ. އެ ދެމައިންނަށް މި ވަރުން ފުދެ އެވެ.

ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!
ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!

ނިދާ އެނދުގައި ވެސް އޮށޯވެލަން ކުޑަތަންކޮޅެއް ބޭއްވުމަށް ފަހު ދެން ހުރީ އަންނައުނާއި ބައެއް ލުއިކާނާ އެވެ. ސައީދައްތަގެ ހުރި ހަމަ އެކަނި ދަރިފުޅު ނިދަނީ ތަޅުންގަނޑުމަތީގައި ހުސްކޮށް އޮތް، މީހަކަށް ކިރިޔާ އޮވެވޭ ޖާގައެއްގަ އެވެ.

ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!
ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!

ސައީދާއްތަ ފެންނަނީ އަބަދު ވެސް ހިނިތުން ވެފައި ހުއްޓަ އެވެ. މަގުމަތިން އޭނާ ފެނިއްޖެ ނަމަ، އެއީ ވަރަށް ހާލުގައި ދިރިއުޅޭ މީހެއްކަން އެކަކަށް ވެސް ނޭނގޭހާ ފަރި ހިނިތުންވުމެއް އޭނާގެ މޫނުން އަބަދުވެސް ފެނެ އެވެ. އޭނާގެ ހަގީގަތް އެނގޭ ތިބީ މަދު މީހެކެވެ.

ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!
ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!

ދަބަރު ޖަހާފައިވާ މި ދައްޗަކީ އޭނާގެ ބުރުގާގައި ޖަހާފައި ހުރި ދައްޗެކެވެ. ދެމައިން ކައިބޮއެ އުޅެނީ ސަލާން ޖަހައިގެންނާއި ހެޔޮއެދޭ އަވައްޓެރިން ދިއްކޮއްލާ އެތިކޮޅަކުންނެވެ. ކާނެ އެއްޗެއް ހޯދަން އޭނާ ކޮންމެ ދުވަހަކު ވެސް ހެނދުނުހެނދުނާ ބޭރަށް ނުކުމެ އެވެ. އާންމުން އޭނާ އަށް އެހީވެ އެވެ.

ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!
ފޮޓޯ ސްޓޯރީ: މާލޭގެ ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ!

ސައީދައްތަގެ އެކަނިވެރިކަން ފިލުވާލައި އުފާކޮށްލަން ގެންގުޅޭ ބުޅަލަށް ވެސް ދެނީ ދެމައިންނަށް ކާން ލިބޭ އެއްޗަކުން ބާކީކޮށްގެންނެވެ. އޭނާ ބުނި ގޮތުގައި މުޅި އުމުރު ހޭދަކުރަމުން އެ އަންނަނީ ކުޑަކުޑަ މި ގޮޅީގަ އެވެ. ކައްކާ ކައިބޮއެ ހުރިހާ ކަމެއް މި ތަނުގަ އެވެ. ފެށުނީންސުރެ އުޅެމުން އަންނަ މި ގެ ކިތަންމެ ދައްޗަސް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކަށް އޭނާ ކުރިމައްޗެއް ވެސް ނުލަ އެވެ.