އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

އިންތިގާލީ އިންސާފުން ހުސްވެފައިވާ އޮމްބަޑްސްޕާސަންގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އިންތިގާލީ އޮމްބަޑްސްޕާސަން އަކަށް ރ. އަނގޮޅިތީމު، ކަނީރުމާގެ، މުސްތަފާ ހަމީދު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ތަނަށް އޭނާ އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ލައިޒާ މި މަހުގެ 6 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ހަމީދު މިދިޔަ އަހަރުން ފެށިގެން ހުންނެވީ އޮމްބަޑްސްޕާސަން އޮފީހުގެ އިންވެސްޓިގޭޓަރަކަށެވެ. އޭނާ އަންނަނީ އިސްލާމިކް ޔުނިވާސިޓީން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީއަށް ވެސް ކިޔަވަމުންނެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާއިން މުސްތަފާ ވަނީ ތަމްރީނު ފުރިހަމަކުރައްވައިފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ޖެނުއަރީ، 1953 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމާ ހަމައަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ބާރު އޮންނަ އޮފީހެވެ.