20 ސެޕްޓެމްބަރ 2022 - 06:52

ބޮލީވުޑްގެ ތަރި، ސަލްމާން ޚާންގެ ދިރިއުޅުން ކިޔައިދޭ ޑޮކިއުމަންޓްރީ އޭނާގެ އުފަން ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެޕްލޯޒް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ އެ ޑޮކިއުމަންޓްރީއަށް ދީފައި ވަނީ "ބިޔޯންޑް ދަ ސްޓާ" އެވެ.
އަންނަ ޑިސެމްބަރު 27 ގައި ސަލްމާނަށް 57 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ނެރޭ ޑޮކިއުމެންޓްރީގައި މިހާތަނަށް އާންމުވެފައި ނުވާ ސަލްމާންގެ ކުޑައިރުގެ ފޮޓޯ އާއި ވީޑިއޯ ވެސް ފެންނާނެ އެވެ.
އެ ޑޮކިއުމަންޓްރިއަކީ ސަލްމާންގެ ސަޕޯޓަރުން އޭނާއާ ގުޅޭ ގޮތުން އެނގެން ބޭނުންވާ ހުރިހާ މައުލޫމާތެއް ހިމެނޭ ގޮތަށް ހަދަމުން އަންނަ ޑޮކިއުމަންޓްރީ އެކެވެ.
ސަލްމާނާ ގުޅޭ ގޮތުން ވާހަކަ ދައްކާ މީހުންގެ ތެރޭގައި އޭނާގެ ބައްޕަ ސާލިމް ހާނާއި ސަލްމާންގެ އެއްބަނޑު އެއްބަފާ، އަރްބާޒް ހާނާއި ސޮހައިލް އަދި އޭނާ އާއެކު "ބަގްޔާޝްރީ" ގައި މަސައްކަތްކުރި ދިޝާ ހިމެނެ އެވެ. އަދި ފިލްމީ ދާއިރާގައި ސަލްމާނާ ގާތް ގުޅުން އޮންނަ މީހުން ވެސް ހިމެނެ އެވެ.