ޗައިނާއިން މާލެއަށް 3،000 ލެޑްލައިޓް ހަދިޔާކޮށްފި
ޗައިނާއިން މާލެއަށް 3،000 ލެޑްލައިޓް ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގުބައްތި މިއަދު ހަދިޔާކޮށްފި އެވެ.

ޗައިނާއިން މާލެއަށް 3،000 ލެޑްލައިޓް ހަދިޔާކޮށްފި
ޗައިނާއިން މާލެއަށް 3،000 ލެޑްލައިޓް ހަދިޔާކޮށްފި

މާލޭ ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ކައުންސިލާ ހަވާލުކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާންގް ލިޖިން އެވެ.

ޗައިނާއިން މާލެއަށް 3،000 ލެޑްލައިޓް ހަދިޔާކޮށްފި
ޗައިނާއިން މާލެއަށް 3،000 ލެޑްލައިޓް ހަދިޔާކޮށްފި

ކައުންސިލަށް 3000 ލެޑް ލައިޓް ހަދިޔާ ކުރައްވައި ޗައިނާގެ ސަފީރު ވިދާޅުވީ މިއީ ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ވެސް ގުޅުވައި ހަދިޔާކުރެއްވި ލައިޓްތަކެއް ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި އަންނަ މަހު، ރާއްޖެ އާއި ޗައިނާގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރޭއިރު ދެ ގައުމުން އަބަދުވެސް ވަނީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކޮށް ހަމަހަމަ ކަމާއެކު އެ ގުޅުން ދެމެހެއްޓުމަށާއި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އެ ގުޅުމުގެ ސަބަބުން މާލެ ސަރަހައްދަށް ގިނަ ފައިދާތަކެއް ލިބިފައިވާކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި އުޅޭ މީހުންގެ ރައްކާތެރިކަމާއި ފަސޭހައަކަށް ޗައިނާ އެމްބަސީ މެދުވެރިކޮށް ލިބުނު ހަދިޔާގެ ސަބަބުން މާލޭ އާއި ވިލިމާލޭގެ ހުރިހާ ބައްތިތަކެއް ޒަމާނަށް ފެތޭ ބައްތިތަކަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

މިހާރު މާލޭގައި ހުރި ބައްތިތަކަކީ އެހާ އަލިގަދަ ބައްތިތަކެއް ނޫން ނަމަވެސް ޗައިނާ އިން ހަދިޔާކުރި ބައްތިތަކާ އެކު މަގުތަކުގައި އަލިހެޔޮވަރުކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ސަފީރާ ބައްދަލުކުރައްވައި މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި އެ މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ އެހީތެރިކަމަށް ވަނީ އެދިވަޑައިގެންފަ އެވެ. އެ ބައްދަލުވުމަށް މާގިނަ ދުވަސްތަކެއް ނުވެ ޗައިނާއިން އެހީތެރިވުމުން މޭޔަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"މާލޭގެ އުމްރާނީ ތަރައްގީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެެރުމަށް އަބަދުވެސް ޗައިނާ އިން ވަމުންދާ ދީލަތި އެހީއަށް ޝުކުރު އަދާކުރުން،" މޭޔަރު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ޗައިނާ އިން ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގިއިރު ހައުސިން މިނިސްޓަރަކީ މުއިއްޒެވެ.