18 ސެޕްޓެމްބަރ 2022 - 17:38

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ މެދު ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ގާޒީ އަލީއާ މެދު ފިޔަވަޅު އަޅަން ނިންމީ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދުމުން އެ އަމުރާ މެދު ގޮތެއް ނިންމާފައިވަނީ އެކަށީގެންވާ މުއްދަތަށް ވުރެ ގިނަ ދުވަހުން ކަމަށްވާތީ ކަމަށެވެ. އެއީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުމުގައި ފަރުވާ ކުޑަކުރުން ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފްވެފައިވާތީ އޭނާއަށް ނަސޭހަތް ދިނުމާ އެކު، ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެކުރިން ވެސް ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމުމުގައި ލަސްކުރުމާއި އަދި މައްސަލަތައް ނިންމުމުގައި އަމަލުކުރި ގޮތުން ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.