18 ސެޕްޓެމްބަރ 2022 - 09:58

ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހްމަދު ހުސެއިން މިއަދު އަވަހާރަވެއްޖެ އެވެ.
އޭނާ ވަނީ އެ މަގާމުގެ އިތުރުން ވެސް އެކި މަގާމްތަކުގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ވެސް ފުރުއްވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިޖީއެމްއެޗު ހިންގެވުމާ ވެސް ހަވާލުވެ ހުންނެވި އެވެ.
އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވިއިރު، އުމުރަކީ 72 އަހަރެވެ.
މުހައްމަދު ހުސެއިންއާ އެކުގައި މަސައްކަތް ކުރެއްވި ސަރުކާރުގެ އެކި ބޭފުޅުން ގެންދަވަނީ، އާއިލާއަށް ތައުޒިޔާކިޔައި، އޭނާގެ ހިދުމަތްތައް ފާހަގަކުރައްވަމުންނެވެ.
ކަށުނަމާދު އޮތީ، މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.