އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިސްކިތަށް ބޮޑުކަމުދިޔަ މައްސަލައިގައި އިންޑިއާގެ އުމުރުން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައެއްގައި މީގެ ކުރިން ވެސް ބައެއް މީހުން ހައްޔަރުކޮށް ބައެއް މީހުންނަށް ދައުވާ ކޮށްފައި ވެ އެވެ.