ޑެންމާކު ޓީމެއް އަތުން ސާރީގެ ލާޒިއޯ އަށް ބޮޑު ބައްޔެއް
ޑެންމާކު ޓީމެއް އަތުން ސާރީގެ ލާޒިއޯ އަށް ބޮޑު ބައްޔެއް

ހާނިން، ޑެންމާކް (ސެޕްޓެމްބަރު 16) - ޔޫރޮޕާ ލީގުގައި ވާދަކުރާ ޑެންމާކުގެ މިޖިލަންޑުން އަމިއްލަ ދަނޑުގައި އިޓަލީގެ ލާޒިއޯއާ ދެކޮޅަށް ކުޅެ 5-1 އިން ކާމިޔާބު ކޮށްފި އެވެ.

ޑެންމާކު ޓީމެއް އަތުން ސާރީގެ ލާޒިއޯ އަށް ބޮޑު ބައްޔެއް
ޑެންމާކު ޓީމެއް އަތުން ސާރީގެ ލާޒިއޯ އަށް ބޮޑު ބައްޔެއް

މިއީ މީގެ 23 އަހަރު ކުރިން 1999 ވަނަ އަހަރު އުފެދުނު ކްލަބުން އިޓަލީ ޓީމެއްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

ޑެންމާކު ޓީމެއް އަތުން ސާރީގެ ލާޒިއޯ އަށް ބޮޑު ބައްޔެއް
ޑެންމާކު ޓީމެއް އަތުން ސާރީގެ ލާޒިއޯ އަށް ބޮޑު ބައްޔެއް

އެ ޓީމުން 2015/2016 ސީޒަނުގައި ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގު ކުޅެ، އެއް ގުރޫޕެއްގައި ހިމެނުނު އިޓަލީގެ ނަޕޯލީ އަތުން ދެ މެޗުން ބަލިވި ނަމަވެސް އެ ފަހަރު ނޮކައުޓް ބުރަށް ދަތުރު ކުރި އެވެ. އަދި ދާދި ފަހުން 2020/2021 ސީޒަނުގައި އަލަށް ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ވާދަކޮށް އެޓަލާންޓާއާ ދެކޮޅަށް އިޓަލީގައި ވަނީ އެއްވަރު ކޮށްފަ އެވެ.

ޑެންމާކު ޓީމެއް އަތުން ސާރީގެ ލާޒިއޯ އަށް ބޮޑު ބައްޔެއް
ޑެންމާކު ޓީމެއް އަތުން ސާރީގެ ލާޒިއޯ އަށް ބޮޑު ބައްޔެއް

ގުރޫޕް އެފް ގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ސްޓާމް ގްރޭޒް އަތުން ބަލިވި ނަމަވެސް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ދެ ލަނޑު ޖަހައި ލީޑު ހޯދި އެވެ. މެޗުގެ 26 ވަނަ މިނިޓުގައި އެ ޓީމަށް ކުޅޭ ބްރެޒިލްގެ ވާތުބެކް ޕައުލީނިއޯ ލީޑު ނަގައިދިން އިރު، ލީޑު ފުޅާކުރީ 30 ވަނަ މިނިޓުގައި ގިނީގެ ފޯވާޑް ސޮރީ ކަބާ ޖަހައިދިން ލަނޑުންނެވެ.

ދެވަނަ ހާފު ފެށިގެން ހަތް ވަނަ މިނިޓުގައި މިޖިލަންޑުގެ ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު އެވަންޑާ އެވެ. އޭގެ ފަސް މިނިޓު ފަހުން ސާގެޖް މިލިންކޮވިޗް-ސަވިޗް ލާޒިއޯ އަށް ލަނޑެއް ޖަހައިދިން ނަމަވެސް، އެ ޓީމަށް މިޖިލަންޑެއް ނުހުއްޓުވުނެވެ.

މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ލާޒިއޯ އިން ލަނޑު ޖެހިތާ 10 މިނިޓު ފަހުން މިޖިލަންޑުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ އެޓީމުގެ ކަނާތް ފަރާތުން ވިންގަށް ކުޅޭ އުމުރުން 21 އަހަރުގެ އިސަކްސެން އެވެ. އަދި ފަސް ވަނަ ލަނޑު 72 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު އެރިކް ސްވިއަޗެންކޯ އެވެ.

މި ބައްޔާ އެކު ސާރީ ވަނީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ކިބުރުވެރިކަމާއި ނުކިޔަމަންތެރިކަން ދަނޑުމަތިން ފެނުނުކަމަށް ބުނެ، ކްލަބުގައި އޭނާގެ ކުރިމަގާ މެދު ސުވާލު އުފައްދައިފަ އެވެ.

"އަހަރެންގެ ޒިންމާއެއް އެއީ ކުޅުންތެރިންނާ ވާހަކަދެއްކުން. އަހަރެން އަންގާނަން ކުޅުންތެރިންނަށް ޖަވާބުދާރީ ވާން، އެއީ ދަނޑުމަތިން އަހަރެންނަށް ފެނުނީ ކިބުރުވެރިކަމާއި ނުކިޔަމަންތެރިކަން. ވަރަށް ދަށް ޓެމްޕޯ އެއްގައި އެންމެން ތިބީ މަޑުމަޑުން، ހީވީ އަހަރެމެން އޮތީ 4-0 އިން ކުރީގައޭ،" ސާރީ ބުންޏެވެ.

"މި ކަންކަމުގެ މަގްސަދު ދެނެގަންނަން އެބަ ވަރަށް އުނދަގޫވޭ. އަހަރެން އެބަ ޖެހޭ މިހާރު ވިސްނަން، ޓީމަށް ދިމާވެފައި އޮތް މައްސަލަ ހައްލުވާނީ އަހަރެން ކުލަބު ދޫކޮށްލައިގެންތޯ ނޫނީ ކުޅުންތެރިއަކު ބޭރުކޮށްގެންތޯ."

މި ގުރޫޕުގައި ހިމެނޭ ނެދަލެންޑްސްގެ ފެޔެނޫޑުން އަމިއްލަ ދަނޑުގައި ސްޓާމް ގްރޭޒް އާ ވާދަކޮށް މޮޅުވީ 6-0 އިންނެވެ.

ފުރަތަމަ ހާފުގައި ފެޔެނޫޑުން ހަތަރު ގޯލު ޖެހި އެވެ. އެޓީމަށް ލަނޑުތައް ޖަހައިދިނީ ކުރިން ބްރައިޓަން އަށް ވެސް ކުޅުނު އިރާނުގެ ފޯވާޑް އަލީރިޒާ ޖަހާންބަޚްޝް އާއި މި ސީޒަނުގައި އެޓީމުން ހިލޭ ޓްރާންސްފާގައި ގެނައި ސްލޮވާކިއާގެ ޑިފެންޑަރު ޑޭވިޑް ހަންޗްކޯ އަދި، ވާދަވެރި އަޔެކްސް އިން ގެނައި ބްރެޒިލްގެ ޒުވާން ސްޓްރައިކަރު ޑެނީލޯ އެވެ. ޖަހާންބަޚްޝް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ފެޔެނޫޑްގެ ފަސްވަނަ ލަނޑު ޖަހައިދިނީ މި ސީޒަނުގައި ގެނައި މެކްސިކޯގެ ޒުވާން ފޯވާޑް ސެންޓިއާގޯ ހިމިނޭޒް އެވެ. ފެޔެނޫޑުން ފުރަތަމަ މެޗުގައި ލާޒިއޯ ކޮޅަށް އެ ޓީމުން ޖެހި ދެ ލަނޑު ވެސް ޖެހީ އޭނާ އެވެ. ހަ ވަނަ ލަނޑު މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ޖެހީ މޮރޮކޯގެ ވިންގާ އޮސާމާ އިދިރީސީ އެވެ.

މި ނަތީޖާއާ އެކު މި ގުރޫޕުގެ ހަތަރު ޓީމަށް ވެސް މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

ގުރޫޕް ޖީ ގައި ވާދަކުރާ އަޒަރުބައިޖާންގެ ޤަރަބާގުން ވަނީ އަމިއްލަ ދަނޑުގައި ފްރާންސްގެ ނަންޓްސްއާ ވާދަކޮށް 3-0 އިން މޮޅު ވެފަ އެވެ. މިއީ އެޓީމުން ޔޫރަޕުގެ އެންމެ މަތީ ލީގުތަކުގެ ޓީމެއްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

ޤަރަބާގުން ޖެހި ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 60 ވަނަ މިނިޓުގައި ލީޑު ނަގައިދިން ލަނޑު ޖެހީ އޮވޫސޫ ކްވަބޭނާ އެވެ. ފަސް މިނިޓު ފަހުން އަބްދުﷲ ޒުބެއިރު ލީޑު ފުޅާ ކޮށްދިން އިރު، 72 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖެހީ މާކޯ ޔާންކޮވިޗް އެވެ.

މި ގުރޫޕުގެ ދެވަނަ މެޗުގައި ޖަރުމަންގެ ފްރެއިބާގުން ވަނީ ރަށުން ބޭރުގައި 3-0 އިން ގްރީސްގެ އޮލިމްޕިއާކޯސް ބަލި ކޮށްފަ އެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ނިކޮލަސް ހޮފްލާ އާއި މައިކަލް ގްރެގޮރިޝް އެވެ. ގްރެގޮރިޝް ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

މިއާ އެކު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން އެއްވަނައިގައި އޮތީ ފްރެއިބާގެވެ. ޤަރަބާގާއި ނަންޓްސް އެއް މެޗު ކާމިޔާބު ކޮށްފައި ވާއިރު، އޮލިމްޕިއާކޯސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގުރޫޕް އެޗް ގައި ވާދަކުރާ ފްރާންސްގެ މޮނާކޯ ވެސް ވަނީ އަމިއްލަ ދަނޑުގައި ބަލި ވެފަ އެވެ. ހަންގޭރީގެ ފެރެންކްވަރޯސްއާ ވާދަކޮށް އެޓީމު ބަލިވީ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ބަލިން ވެސޭއީ ޖެހި ލަނޑުން 1-0 އިންނެވެ.

މި ގުރޫޕުގައި ހިމެނޭ ޓްރަޒޯންސްޕޯ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް ބަލިކޮށްފަ އެވެ. އިޓަލީގެ ނަޕޯލީ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އެޓީމުގެ ކުރީގެ ކެޕްޓަން، ސާބިއާގެ މަރެކް ކަމްސިކް ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފުގައި ލީޑު ފުޅާ ކޮށްދިނީ މިސްރުގެ ފޯވާޑް ޓްރެޒެގޭ އެވެ. ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް ބެލްގްރޭޑަށް ސުން ކަނޑުވާލަދިީ ވެލީކޯ ނިކޮލިކް އެވެ.

މިއާ އެކު، މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ފެރެންކްވަރޯސް އޮތީ ގުރޫޕުގެ އެއްވަނައިގަ އެވެ. މޮނާކޯ އާއި ޓްރަޒޯންސްޕޯ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.