16 ސެޕްޓެމްބަރ 2022 - 00:17

ވޭލް ސަބްމެރިންގެ ގޭސް ސިލިންޑަރުތަކެއް މިރޭ ގޮވައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ފުލުހުން ބުނީ ވިލިމާލެއާ ދިމާލުން ބޭރުން އަޑެއް އިވުނު ކަމަށް އައިޖީއެމްއެޗްގައި ތިބި ފުލުހުންނާއި މާފަންނު ފުލުހުން ރިޕޯޓްކޮށްގެން ބެލިއިރު ވިލިމާލެ ބޭރުގައި އޮތް ސަބްމެރިންގެ ހަތަރު ގޭސް ސިލިންޑަރު ގޮވާފައިވާ ކަމަށެވެ.
އެ ހާދިސާގައި ސަމްބެރިންނަށް ކޮންމެވެސް ވަރަކަށް ގެއްލުފައިވާ ކަމަށް ފުލުހުން ބުންޏެވެ.