އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް

"އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ ސްޕީޑް ފެރީ ހިދުމަތަށް ބޭނުންވާ ލޯންޗުތައް ބަނުމަށް އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި އަލް ޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީ އެވެ.

އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް

އެ އެއްބަސްވުމުގެ ދަށުން، ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި 65 ސްޕީޑް ފެރީ ބަނުމަށް އަލް ޝާލީ މެރިންއާ ހަވާލުކުރީ 537 މިލިއަން ރުފިޔާ އަށެވެ.

އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް

އަލް ޝާލީ މެރިން ކުންފުންޏަކީ އެކި ކަހަލަ ލަގްޒަރީ ލޯންޗުފަހަރު ބަނުމުގައި ރާއްޖޭގެ އެންމެ މަގްބޫލް އެއް ކުންފުންޏެވެ.

އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް

އެ ފެރީތަކަކީ މިހާރު ދަތުރުކުރާ އާރްޓީއެލް ފެރީތަކަށް ވުރެ ބޮޑު، 50 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށާއި އެ ބަނުމުގައި އިސްކަންދޭނީ ފަސޭހަކަމާއެކު ދަތުރުވެރިންނަށް ލޯންޗު ތަޖުރިބާކޮށްލެވޭނެ ގޮތަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފާހަނައާއި ރޭމްޕަކާއި ސްޓްރެޗާ އަދި ފުރޮޅުލީ ގޮނޑި ބަހައްޓަން ޖާގަ އެ ފެރީތަކުގައި ހުރެ އެވެ.

ޖާގައިގެ ގޮތުން ފަހުގެ ލޯންޗުތައް ބޮޑުވި ނަމަވެސް، ހުރިހާ ލޯންޗެއްގައި ވެސް ހުންނާނީ އެއް ޑިޒައިނެއްކަމަށް އެމްޓީސީސީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ ދެ އަހަރު ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، މަސައްކަތް ކުރަމުން އެދަނީ އަލް ޝާލީ މެރިންއާ ވާހަކަދައްކައިގެން ވީހާ ވެސް އަވަހަކަށް އެ މަސައްކަތް ނިންމުމަށް ކަމަށެވެ.

"ލޯންޗުތައް ބަނދެވޭ ވަރަކަށް، ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ އަތޮޅުތަކުގައި ދަތުރުތައް ފަށަމުން ގެންދާނީ" އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ދައުރު ނިމުނަސް، އާރްޓީއެލް ފެރީގެ ހިދުމަތް ހުއްޓުމަކަށް އަންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށާއި، އުއްމީދުކުރައްވަނީ އެ ހިދުމަތް އިތުރަށް ފުޅާ ވެގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާރްްޓީއެލްގެ ފެރީ ހިދުމަތަކީ ސަރުކާރަކުން ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ. އެ ހަދިޔާ ދޫކޮށްލާނެ ކަމަކަށް، އަދި އަތުލާނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އެ ހިދުމަތުގައި ޝާމިލުވާ ސަރުކާރުގެ މިނިސްޓްރީތަކަށާއި ހިދުމަތް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ފެށި އެއް ވަނަ ފިޔަވަހީގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަށް ހެޔޮއަގުގައި ވަނީ ގުޅާލަދީފަ އެވެ. އެމްޓީސީސީން ބުނިގޮތުގައި، އެ ހިދުމަތަށް ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެ އެވެ.

މި މަޝްރޫއުގެ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ ދަށުން، ބާކީ 17 އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް ފަށާ، މުޅި ރާއްޖެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.