15 ސެޕްޓެމްބަރ 2022 - 13:08

މަރާމާތަށް ފަހު އަނަންތާރާ ވެލި ރިސޯޓު އަންނަ ޑިސެމްބަރުގައި ހުޅުވަން ނިންމައިފި އެވެ.

އަންނަންތާރާ ރިސޯޓު ހުޅުވަނީ ނުވަ މަހުގެ މަރާމާތަށް ފަހު އެވެ. އެ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓުން 30 މިނެޓުން ދެވޭނެ އެވެ.
ރިސޯޓަށް އަލަށް ގެނައި ބަދަލުތަކުގައި އާ ރެސްޓޯރެންޓުތަކާއި ސްޕާ ވެސް ހިމެނެ އެވެ. އަދި އެ ރިސޯޓުގެ ހުރިހާ ވިލާތަކެއް ވެސް ވަނީ ރިނޮވޭޓްކޮށްފަ އެވެ. އަދި އާ ރޫމް ކެޓަގަރީއެއްގެ ގޮތުގައި ބީޗް ޕޫލް ވިލާ ވަނީ ތައާރަފްކޮށްފަ އެވެ. އެ ރިސޯޓުގައި މިވަގުތު ހަ ބީޗް ޕޫލް ވިލާ ހުންނާނެ އެވެ.
އެ ރިސޯޓުގައި ޖުމްލަ 67 ވިލާ ހުރެ އެވެ. އަދި އަނަންތާރަ ވެލި ރިސޯޓުން އަނަންތާރާ ވެލި ރިސޯޓަށް ދެވޭނެ އެވެ.
އަނަންތާރާ ވެލި ރިސޯޓު އަލަށް ހުޅުވީ، ވެލްނެސް ދާއިރާއިން ތަފާތު ކޮންސެޕްޓަކާ އެކު އެވެ. އެގޮތުން އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ތިބޭ ވިލާގައި މެޑިޑޭޓް ކުރެވޭނެ އެވެ.
އަނަންތާރާ ބްރޭންޑްގެ ދަށުން ރާއްޖޭގައި ފަސް ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. ވެލި ރިސޯޓުގެ އިތުރުން ދިގު ރިސޯޓު، ކިހާވަށް ވިލާ، ނަލަދޫ ޕްރައިވެޓް އައިލެންޑް އަދި ނިޔާމަ ޕްރައިވެޓް އައިލެންޑެވެ. ރާއްޖޭގެ އިތުރުން އަނަންތާރާއިން އަންނަނީ މޮރީޝަސް އާއި ޔޫއޭއީ އާއި ސްޕެއިން އާއި ޗައިނާ އާއި ފްރާންސް ފަދަ ގައުމުތަކުގައި ޓޫރިސްޓް ރިސޯޓުތައް ހިންގަމުންނެވެ.