މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު
މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ސަރުކާރު ފެކްޝަންގެ މެމްބަރުންގެ ތަރުހީބެއް ނުލިބުނެވެ.

މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު
މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު

ގާސިމް ގާނޫނުއަސާސީ އަށް ހުށަހަޅުއްވާ އިސްލާހުގައިވާ ގޮތުން މަޖިލިސް މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ކަނޑައަޅަން ވަނީ ހުށަހަޅުއްވައިފަ އެވެ.

މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު
މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެމްބަރުންގެ އަދަދު ލިމިޓު ކުރަން ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް 87 އަކީ ކޮން ފޯމިއުލާއެއްގެ ދަަށުން ކިހިނެއް އައި ނަމްބަރެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު
މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު

އެ އަދަދު ކަނޑައެޅުމަށް ފަހު އިދާރީ އެތައް މައްސަލައެއް ދިމާވާނެ ކަމަށާއި އޭގެ ސަބަބުން ބައެއް ގާނޫނުތަކަށް ވެސް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު
މެމްބަރުންގެ އަދަދު ލިމިޓުކުރަން ގާސިމް ހުށަހެޅުއްވި ބިލަށް ސަރުކާރު މެމްބަރުންގެ ތަރުހީބެއް ނުލިބުނު

މަޖިލީހުގައި އަންހެނުން މެމްބަރުން ތަމްސީލު ކުރުން އިތުރު ކުރުމަށް ވެސް ގޮތްތަކެއް ވިސްނަން ޖެހޭ ކަމަށާއި އެ ހުރިހާ ކަމެއް ހިމެނޭ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވަރުގެ ބޮޑު ބަދަލެއް އަންނަ އިރު ކޯލިޝަންގެ ޕާޓީތަކުގެ އިތުރުން ބަސް ކިޔާ އެހެނިހެން ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީތަކާ ވެސް މަޝަވަރާ ކުރަން މުހިންމު ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ މި ބިލާ ދޭތެރޭގައި އިތުރަށް ވިސްނާ އިތުރަށް މަޝްވަރާ ކުރެއްވުމަށް އިއްޒަތްތެރި މެމްބަރު [ގާސިމް] މި ބިލު އަނބުރާ ގެންދެވުމަށް،" އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭ އަދަދަކީ 87 މެމްބަރުން ކަމަށް ނިންމެވީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

"އަޅުގަނޑަކަށް މުޅިއަކުން އެއްބަހެއް ނުވެވޭ 87 މިއީ އެންމެ ރަނގަޅު އަދަދު ކަމަކަށް،" ނިޔާޒް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެސް މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން ނިންމާއިރު ރައްޔިތުންގެ ފުރިހަމަ ތަމްސީލް ކުރުން ހިމެނޭ ގޮތަކަށް އެކަން ކުރަންޖެހޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. މިހާރު ވެސް އެކަން އޮންނަނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫން ކަމަށާއި އެކަން އިސްލާހު ކުރަން މަޝްވަރާ ކޮށްގެން ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ މަޖިލީހުގައި ތިބެން ޖެހޭނީ 87 މެމްބަރުންތޯ ނުވަތަ 90 މެމްބަރުންތޯ ބަހުސްކުރެވިދާނެ ކަމަށާއި ނަމަވެސް ބިލުގެ މައިގަނޑު މަފްހޫމަށް ތާއީދު ކުރައްވާ ކަމަށެވެ.

މީކާއިލް ފާހަގަ ކުރެއްވި މައްސަލައަކީ ކޮންމެ އިންތިހާބަކަށް ވޯޓު ގަނެވިއްކުމުގެ މައްސަލަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އެކަންތައް އެންމެ ގަދައަށް ހިންގާ އިންތިހާބު ކަމަށާއި ކޮންމެ ދާއިރާއެއްގައި 5000 ނުވަތަ އެއަށް ވުރެ މަދުން މީހުން ތިބޭތީ ވޯޓު ގަނެލައިގެން ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އަދަދު 10،000 ނުވަތަ އެއަށް ވުރެ އިތުރު ކޮށްފި ނަމަ ގޮނޑި ގަނެލަން އުނދަގޫވާނެ ކަމަށާއި މި އިސްލާހު ގެންނަ އިރު އެކަންކަމަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ މިހާރު ގާނޫނު އޮންނަ ގޮތުން މަޖިލީހުގައި ރަށްތައް ތަމްސީލް ވާ ގޮތުގެ ހިސާބުތަކެއް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން މަޖިލީހުގައި ތަމްސީލް ވަނީ 63 ރަށެކެވެ. އަދި 87 މެމްބަރުންގެ ތެރެއިން މާލެ އަށް 15 މެމްބަރުންނާއި އައްޑޫ އަށް ހަތް މެމްބަރުންނާއި ފުވައްމުލަކަށް ތިން މެމްބަރުން އަދި ތިނަދޫ އާއި ހދ. ކުޅުދުއްފުއްޓަށް ދެ މެމްބަރުން ތިބޭ އެވެ.

މަޖިލީހުގައި ހުރި ނަން ބޯޑުތަކަށް ތަމްސީލު ނުވާ 126 އަކަށް ރަށް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވައްޑޭ ފާހަގަ ކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ މަޖިލިސް މެމްބަރުން އަމިއްލަ ރަށް ނުވަތަ ދާއިރާގެ މައްސަލަތައް މަޖިލީހަށް ހިފައިގެން އައުމާއި މުޅި ގައުމު ތަމްސީލް ކުރަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރުމެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ގާސިމް ބިލް ހުށަހެޅުއްވި ސަބަބެއް ގޮތުގައި ހަރަދު ކުޑަ ކުރުން ކަމަށް ބުނެފައިވީ ނަމަވެސް ސަރުކާރުގެ މަތި ބަރުވެ ސިޔާސީ މަގާމުތަކަށް ބޮޑު ހަރަދު ކުރުން ހުއްޓާ ނުލާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއަކާއެކު މަޝްވަރާ ކުރުމެއް ނެތި މިފަދަ ބިލެއް ހުށަހަޅުމަކީ ދެރަވަރު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ހަރަދު ބޮޑުވެގެން ހުށަހަޅާ އިސްލާހެއް ކަމަށްވަންޏާ އަޅުގަނޑު މި އިސްލާހާ ދެކޮޅު. އެއީ ދަލަތުގެ ހަރަދު ކުޑަ ކުރަން ހުރި ދާއިރާތައް މާ ފަސޭހައިން އެބަ އެނގޭ. އެ ދާއިރާތަކަށް ޓެކަލް ކުރަން މާ ފަސޭހަ،" ޝިޔާމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.