ޕޮއިޒްއިން "ދަ މޭން ކޮމްޕެނީ"ގެ ޕްރޮޑަކްޓުތައް ތައާރަފުކޮށްފި
ޕޮއިޒްއިން "ދަ މޭން ކޮމްޕެނީ"ގެ ޕްރޮޑަކްޓުތައް ތައާރަފުކޮށްފި

ކޮސްމެޓިކްސް އާއި ސެންޓުގެ މަޝްހޫރު ގިނަ ބްރޭންުތަކެއް ވިއްކާ ޕޮއިޒް ޕްރިމިއަމް ފިހާރައިން ފިރިހެނުންނަށް ހާއްސަ ކޮސްމެޓިކްސް ބްރޭންޑް، "ދަ މޭން ކޮމްޕެނީ"ގެ އުފެއްދުންތައް ތައާރަފުކޮށްފި އެވެ.

ޕޮއިޒްއިން "ދަ މޭން ކޮމްޕެނީ"ގެ ޕްރޮޑަކްޓުތައް ތައާރަފުކޮށްފި
ޕޮއިޒްއިން "ދަ މޭން ކޮމްޕެނީ"ގެ ޕްރޮޑަކްޓުތައް ތައާރަފުކޮށްފި

އެ ފިހާރައިން އިން ބުނީ އެ ބްރޭންޑަކީ އިންޑިއާގެ މަޝްހޫރު މޮޅު ބްރޭންޑެއް ކަމަށެވެ. އަދި އެ ބްރޭންޑުގެ އުފެއްދުންތަަކީ ކްލިނިކަލީ ޓެސްޓުކޮށް، އެޕްރޫވްކޮށްފައިވާ އުފެއްދުންތަކެއް ކަމަށް ވެސް ބުންޏެވެ. އަދި އެ ފިހާރައަށް އެންމެ ފުރަތަމަ ތައާރަފު ކުރި އެ ބްރޭންޑުގެ ޕްރޮޑަކްޓުތަކަކީ ދިވެހިންގެ މެދުގައި އާއްމު މައްސަލަތަކަށް ހައްލު ހޯދައިދޭނެ ޕްރޮޑަކްޓުތަކެއް ކަމަށް ވެސް އެތަނުން ބުންޏެވެ.

ޕޮއިޒްއިން "ދަ މޭން ކޮމްޕެނީ"ގެ ޕްރޮޑަކްޓުތައް ތައާރަފުކޮށްފި
ޕޮއިޒްއިން "ދަ މޭން ކޮމްޕެނީ"ގެ ޕްރޮޑަކްޓުތައް ތައާރަފުކޮށްފި

ޕޮއިޒް ޕްރިމިއަމް އަށް ގެނައި އެ ބްރޭންޑުގައި ހިމެނެނީ އިސްތަށިގަނޑުގައި ބޭނުން ކުރާނެ އުފެއްދުންތަކާއި، ތުނބުޅި ބެލެހެއްޓުމަށް ބޭނުން ކުރާނެ ޕްރޮޑަކްޓުތަކާއި، ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުން ކުރާނެ އުފެއްދުންތަކެވެ. އެ އުފެއްދުންތަކަކީ ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ހާބަލް ޕްރޮޑަކްޓުތަކެއް ކަމަށް އެ ފިހާރައިން ބުންޏެވެ.

ދަ މޭން ކޮމްޕެނީގެ ޕްރޮޑަކްޓުތަކުގެ ތެރެއިން، ތުނބުޅި ސްޓައިލް ކުރާނެ "ވެކްސް" ކްރީމާއި، ތުނބުޅި ދިގުކުރުމަށް އެހީތެރިވެދޭ ސިރަމާއި، ބިއާޑް އޮއިލް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އަދި އިސްތަށި ފޭބުން މަދުކުރުމަށް އެހީތެރިވެދޭ ޝޭމްޕޫ އާއި ޑޭންޑްރަފް ހުންނަ މީހުންނަށް ހާއްސަ ޝޭމްޕޫ ވެސް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

ޕޮއިޒް ޕްރިމިއަމް އަށް އަލަށް ތައާރަފު ކުރި ބްރޭންޑުގެ، މޫނުގައި ބޭނުން ކުރާނެ ގިނަ ޕްރޮޑަކްޓުތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި، މޫނުގައި ނަގާ ބިހީގައި އުނގުޅާނެ ޖެލް އާއި މޫނުގައި އުނގުޅާނެ ކްރީމާއި، ލޯ ކައިރި ކަޅުވާ މީހުންނަށް ހާއްސަ އައި ކްރީމް ވެސް ލިބެން ހުންނާނެ ކަމަށް ބުންޏެވެ. އެތަނުން ބުނީ މި ޕްރޮޑަކްޓުތަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

ޕޮއިޒް އިން ފިރިހެނުންނަށް ހާއްސަކޮށް ނެރުނު އެ ބްރޭންޑު ތައާރަފު ކޮށްދިނީ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.