މިއީ އަންހެނުންނަށް އާދެވުނު ތާރީޚީ މަރުހަލާއެއް: ހިލަރީ
މިއީ އަންހެނުންނަށް އާދެވުނު ތާރީޚީ މަރުހަލާއެއް: ހިލަރީ

ވޮޝިންޓަން (ޖޫން 8) - ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން ކާމިޔާބު ކުރުމަކީ އަންހެނުންނަށް ލިބުނު ތާރީޚީ ކާމިޔާބެއް ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

މިއީ އަންހެނުންނަށް އާދެވުނު ތާރީޚީ މަރުހަލާއެއް: ހިލަރީ
މިއީ އަންހެނުންނަށް އާދެވުނު ތާރީޚީ މަރުހަލާއެއް: ހިލަރީ

ހިލަރީ ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެކަމަނާ ހެއްދެވުމަށް ބޭނުންވާ އަދަދަށް ޑެލިގޭޓް ވޯޓު ހޯދުމަށް އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިއީ އަންހެނުންނަށް އާދެވުނު ތާރީޚީ މަރުހަލާއެއް: ހިލަރީ
މިއީ އަންހެނުންނަށް އާދެވުނު ތާރީޚީ މަރުހަލާއެއް: ހިލަރީ

ނިއު ޔޯކުގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ގައުމުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އަންހެން ކެންޑިޑޭޓަކަށް ޕާޓީގެ ނޮމިނޭޝަން ލިބުމަކީ ތާރީޚީ މަރުހަލާއެއް ކަމަށެވެ. ޕާޓީގެ ކެންޑިޑޭޓަކަށްވާން ބޭނުންވާ އަދަދަށް ޑެލިގޭޓް ވޯޓު ހޯއްދަވާފައި ވަނިކޮށް ހިލަރީ ވަނީ ނިއު ޖާޒީގެ ޕްރައިމަރީ ވެސް އިއްޔެ ކާމިޔާބު ކުރައްވައިފަ އެވެ. މީގެ އިތުރުން ސައުތު ޑަކޯޓާ އާއި ނިއު މެކްސިކޯ ހިލަރީ ކާމިޔާބު ކުރެއްވި އިރު ނޯތު ޑަކޯޓާ ކާމިޔާބު ކުރެއްވީ ވާނީ ސެންޑާސް އެވެ.

މިއީ އަންހެނުންނަށް އާދެވުނު ތާރީޚީ މަރުހަލާއެއް: ހިލަރީ
މިއީ އަންހެނުންނަށް އާދެވުނު ތާރީޚީ މަރުހަލާއެއް: ހިލަރީ

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހޯއްދަވަން ޖެހޭ 2،383 ވޯޓު އެކަމަނާ ހޯއްދެވި ނަމަވެސް ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ރަސްމީކޮށް އަދި އިއުލާން ނުކުރެ އެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިއުލާން ކުރާނީ އަންނަ މަހު ބާއްވާ ކޮންވެންޝަނުގަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ލިބިވަޑައިގެންފި ނަމަ ހިލަރީ ވެވަޑައިގަންނަވާނީ އެމެރިކާގެ ތާރީޚުގައި ވެސް ސިޔާސީ ޕާޓީއަކުން ރިޔާސީ ރޭހަށް ނުކުންނަވާ ފުރަތަމަ އަންހެން ކެންޑިޑޭޓަށެވެ.

އެކަމަކު ސެންޑާސް ވިދާޅުވީ ހިލަރީ އަށް ޕާޓީގެ ޓިކެޓް އަދި ނުލިބޭ ކަމަށާއި އެކަން ނިންމާނީ ޖުލައި މަހު އޮންނަ ކޮންވެންޝަނުގައި ސުޕަޑެލިގޭޓުން ކަމަށެވެ. ސެންޑާސް އުއްމީދުކޮށްގެން ހުންނެވީ ކޮންވެންޝަނުގައި ސުޕަޑެލިގޭޓް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު ތަޖްރިބާކާރުން ބުނަނީ މިއީ ސެންޑާސް އަށް މިހާރު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ބަރަކް އޮބާމާ އިއްޔެ ވަނީ ހިލަރީ އާއި ސެންޑާސް އަށް ގުޅުއްވައިފަ އެވެ. ޕާޓީގެ ނޮމިނޭޝަން ކާމިޔާބު ކުރެވޭ އަދަދަށް ޑެލިގޭޓް ވޯޓު ހޯއްދަވާފައިވާތީ ހިލަރީ އަށް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ސެންޑާސްގެ އެދިވަޑައިގަތުމަކަށް އޮބާމާ ވަނީ އޭނާއާ ވައިޓްހައުސްގައި މާދަމާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފަ އެވެ.

ހިލަރީ ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަކީ ރައީސް ކަމަށް ފިޓް މީހެއް ނޫން ކަމަށެވެ. ހިލަރީ އަދި ވިދާޅުވީ އެކަމަނާގެ މަންމާފުޅުގެ ދަސްކޮށް ދެއްވީ ބުލީ ކުރުމުގައި ފަހަތަށް ނުޖެހެން ކަމަށާއި އެއީ ވަރަށް ރަނގަޅު ނަސޭހަތެއް ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނުގައި ވަނީ ހިލަރީ އަށް ވަރުގަދަ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރިން ކުރެއްވި ހިލަރީ ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ. އެ ފަހަރުގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ރައީސް ކަމަށް ވަޑައިގެންނެވީ ބަރަކް އޮބާމާ އެވެ.