ގޭންގު ފިލްމެއް ކުޅެން ސަންޖޭ އަށް 10 ކްރޯޑް ރުޕީސް
ގޭންގު ފިލްމެއް ކުޅެން ސަންޖޭ އަށް 10 ކްރޯޑް ރުޕީސް

"ވިކްރަމް" ކަހަލަ ވަރުގަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ތަމަޅަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖްގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތްކުރަން ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ނިންމައިފި އެވެ.

އެކްޝަން ތުރިލާއެއް ކަމަށްވާ އެ ފިލްމަކީ ގޭންގެއް އުޅޭ ގޮތް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގެ ސްކްރިޕްޓް އޮތް ގޮތުން ވަރަށް ވަރުގަދަ ވިލަންއެއް ފިލްމަށް ބޭނުންވެ އެވެ.

އެހެންވެ އެ ރޯލަށް އެންމެ ފިޓު މީހަކީ ސަންޖޭ ދަތު ކަމަށް ފިލްމުގެ ޓީމަށް ފެންނާތީ އެ ހުށަހެޅުން ލިބުނީ ސަންޖޭއަށް ކަމަށް ރިޕޯޓްތައް ބުނެ އެވެެ.

އެ ފިލްމުގައި މަސައްކަތްކުރުމަށް އެދި ޑައިރެކްޓަރު ސަންޖޭއާ ވާހަކަ ދައްކާތާ ދުވަސްތަކެއް ފަހުން އޭނާ އެކަމަށް އެއްބަސްވެފައި ވަނީ ފީއަށް 10 ކްރޯޑް ރުޕީސް ދޭ ގޮތަށެވެ.

އެއީ ހިންދީ މާކެޓްގައި ނެރޭނެ ބޮޑު ފިލްމަކަށް ވާނެ ކަމަށާއި ފިލްމުގެ ޝޫޓިންތައް އަންނަ ނޮވެމްބަރު ހިސާބުގައި ފަށާނެ ކަމަށް ވެސް ނޫސްތަކުް ބުނެފައިވެ އެވެ.

"ތަލަޕަތީ 67" ގެ ނަން ދީފައިވާ އެ ފިލްމަކީ އަންނަ އަހަރުގެ އޮކްޓޫބަރު ހިސާބުގައި ނެރުމަށް ތައްޔާރުވާ ފިލްމެކެވެ.

ސަންޖޭ ދަތު އެންމެ ފަހުން ފެނުނީ ރަންބީރު ކަޕޫރާއި ވާނީ ކަޕޫރު ލީޑު ކުޅުނު ފިލްމު "ޝަމްޝޭރާ" އިންނެވެ.