ބޫމީ އާއި އަރްޖުން އަނެއްކާވެސް އެކުގައި
ބޫމީ އާއި އަރްޖުން އަނެއްކާވެސް އެކުގައި

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަރްޖުން ކަޕޫރާއި ބޫމީ ޕެޑްނެކާރު އެކުގައި އިތުރު ފިލްމެއް ކުޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ދެތަރިން ވަނީ "ދަ ލޭޑީކިލާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއީ އަންނަ މަހުގެ 10 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ.

އަލަށް ލިބުނު ފިލްމުގެ ޝޫޓިންތައް ލަންޑަނުގައި ފެށުމަށް އިއްޔެ ދެ ތަރިން ފުރާފައިވާއިރު އެ ފިލްމުގެ ނަމެއް އަދި ނޭނގެ އެވެ. ލޯބީގެ ކޮމެޑީ މި ފިލްމުގައި ދެ ތަރިން ވެސް ފެންނާނީ ވަރަށް މުނިފޫހިފިލުވައިދޭނެ ވަރުގެ ރޯލަކުން ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމަކީ މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ ފިލްމެކެވެ.

ލަންޑަނުގައި މަސް ދުވަހު ޝޫޓްކުރުމަށް ފަހު، ދެން ޝޫޓްކުރާ ގޮތަށް އޮތީ މުމްބާއީގަ އެވެ. އަދި އިންޑިއާގެ އިތުރު ސިޓީތަކެއްގައި ވެސް ފިލްމުގެ ޝޫޓިންތައް ކުރިއަށް ދާނެ ކަމަށްވެ އެެވެ.

ފިލްމާ ގުޅޭ ތަފްސީލެއް އަދި އާންމެއް ނުވެ އެވެ.

އަރްޖުންގެ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނުނީ "އޭކް ވިލެން ރިޓާންސް" އިންނެެވެ. އަދި ބޫމީއަށް ބަލާއިރު އޭނާގެ "ގޯވިންދާ ނާމް މޭރާ" ނަމަކަށް ކިޔާ ކޮމެޑީ ތުރިއްލާއެއް އެބަ އޮތެވެ. ނަވާޒުއްދީން ސިއްދީގުއާ އެކު ރީޑު ރޯލު ކުޅޭ ފިލްމު "އަފްވާހް" އަކީ ވެސް ބޫމީގެ ކުރިއަށް އޮތް ފިލްމެކެވެ. އެއީ އިޖުތިމާއީ މައްސަލައަކާ ގުޅޭ ފިލްމެކެވެ.