ސިޓީ ކައުންސިލްގެ ކެމެރާތަކާއެކު، 300 އެއްހާ އުޅަނދަށް ބޮޑު ރައްކަލެއް، އިތުރު ފަސޭހަތަކެއް
ސިޓީ ކައުންސިލްގެ ކެމެރާތަކާއެކު، 300 އެއްހާ އުޅަނދަށް ބޮޑު ރައްކަލެއް، އިތުރު ފަސޭހަތަކެއް

މެރީބްރައުން ރެސްޓޯރަންޓާ ދިމާލުން ފަޅުގައި އަޅާފައި އޮންނަ ލޯންޗުފަހަރުން ވައްކަންކުރާ ކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވަނިކޮށް، އެ ދިމާލުގައި މާލެ ސިޓީ ކައުންސިލުން ކެމެރާ ހަރުކޮށް، 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަން ފަށައިފި އެވެ.

ސިޓީ ކައުންސިލްގެ ކެމެރާތަކާއެކު، 300 އެއްހާ އުޅަނދަށް ބޮޑު ރައްކަލެއް، އިތުރު ފަސޭހަތަކެއް
ސިޓީ ކައުންސިލްގެ ކެމެރާތަކާއެކު، 300 އެއްހާ އުޅަނދަށް ބޮޑު ރައްކަލެއް، އިތުރު ފަސޭހަތަކެއް

މާލޭގެ ދެކުނު ފަރާތު ފަޅުގައި އަޅާފައި ހުންނަ ލޯންޗުފަހަރުން ޖީޕީއެސް އާއި ރިމޯޓާއި ބުރަފައްޗާއި އިންޖީނު ވެސް ވަގަށް ނަގާފައި އެބަހުއްޓެވެ. އަގު ބޮޑު އެތައް ސާމާނެއް މިހާތަނަށް ވަގަށް ގެންދިއުމުން އުޅަނދުތަކުގެ ވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސިޓީ ކައުންސިލުން އެޅި ފިޔަވަޅާއެކު، އެ ޝަކުވާތަކަށް މިހާރު ވަނީ ނިމުމެއް އައިސްފަ އެވެ.

ސިޓީ ކައުންސިލްގެ ކެމެރާތަކާއެކު، 300 އެއްހާ އުޅަނދަށް ބޮޑު ރައްކަލެއް، އިތުރު ފަސޭހަތަކެއް
ސިޓީ ކައުންސިލްގެ ކެމެރާތަކާއެކު، 300 އެއްހާ އުޅަނދަށް ބޮޑު ރައްކަލެއް، އިތުރު ފަސޭހަތަކެއް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، "މިހާރު" އަށް ވިދާޅުވީ އޭނާ ކައުންސިލާ ހަވާލުވި ފަހުން ކޮންމެ މަހަކު ވެސް އެފަދަ އެތައް ޝަކުވާއެއް ލިބެމުންދިޔަ ކަމަށާއި އެ ދޯނިފަހަރުތަކުގެ މީހުން ވަނީ މޭޔަރާ ބައްދަލުކޮށް، އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ކަމަށެވެ.

"އެ ތަނުގައި އަޅާފައި އޮންނަ އުޅަނދުތަކުން ވައްކަން ކުރާ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދިޔަ. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭންގައި ވެސް އޮންނާނެ މާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކެމެރާ ނިޒާމު ހަރުކޮށް، ސެކިއުރިޓީ ހަރުކުރާނެ ކަމަށް. އެހެންވެ އެ ސަރަހައްދުގައި ވެސް ކެމެރާ ވަނީ ހަރުކޮށްފައި،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ވައްކަމުގެ މައްސަލަ ބޮޑުވެފައިވާ އެ ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކެމެރާ ހަރުކޮށް މޮނިޓާކުރަން ފަށައިފަ އެވެ. އެއީ މެރީ ބްރައުން ސަރަަހައްދުން ފެށިގެން ސްޓެލްކޯގެ ޕަމްޕް ހުރި ސަރަހައްދަށް 15 ކެމެރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އެކު އެ ސަރަހައްދު ފަޅުގައި އަޅާފައި އޮންނަ 300 އެއްހާ އުޅަނދުގައި ހިނގާ ހަރަކާތްތައް 24 ގަޑިއިރު މޮނިޓާކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވައްކަމެއް ހިނގައިފި ނަމަ، ފުލުހުންނަށް އަންގައިގެން އެކަން ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކެމެރާ ހަރުކޮށް، އެ ލޯންޗުތަކުގެ ވެރިންގެ އެންމެ ބޮޑު ޝަކުވާއަށް ހައްލެއް ހޯދާފައިވާއިރު، އެ ތަނުން އާންމުކޮށް ވައްކަން ކުރަނީ ރޭގަނޑު އެ ސަރަހައްދުގައި އެއްވެސް އަލިކަމެއް ނޯންނާތީ އެވެ.

އެހެންވެ، މުއިއްޒު ނިންމަވާފައި ވަނީ އިތުރު ލައިޓްތަކެއް ހަރުކޮށް، މޫދަށް އަލިކުރުމުގެ މަސައްކަތް ކުރާށެވެ.

އޭނާ ވިދާޅުވިގޮތުގައި، ދެން އޮތް ކަންބޮޑުވުމަކީ ދެކުނު ފަރާތުގެ ފަޅުގެ ސަރަހައްދުން ފެން ލިބޭނެ ގޮތެއް ނެތުމެވެ. އެކަން ހައްލުކުރުމަށް ކިއޮސްކެއް ބަހައްޓައި ފެން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދެކުނު ފަރާތު ފަޅުގެ ލޯންޗުތަކުގެ ވެރިންގެ ކަންބޮޑުވުމަށް ހައްލެއް ހޯދާފައިވާއިރު މާލޭގެ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކޮށް، 24 ގަޑިއިރު އެ ތަންތަން ވެސް ކައުންސިލުން އަންނަނީ މޮނިޓާ ކުރަމުންނެވެ. އެ ވެސް މާލޭގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ސިޓީ ކައުންސިލުން އެޅި މުހިންމު ފިޔަވަޅެކެވެ. އޭގެ ސަބަބުން މިހާރު ވެސް މައްސަލަ ހައްލުވެފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.