"ޔޯދާ" ގެ އަޕްޑޭޓަކާ އެކު ސިދާތުގެ ފޮޓޯއެއް
"ޔޯދާ" ގެ އަޕްޑޭޓަކާ އެކު ސިދާތުގެ ފޮޓޯއެއް

ބޮލީވުޑްގެ ތަރި، ސިދާތު މަލޯތްރާ ލީޑު ރޯލު ކުޅޭ ފިލްމު "ޔޯދާ" ގެ އަޕްޑޭޓެއް ފިލްމުގެ ލީޑު ތަރި ސިދާތު މަލްހޯތްރާ ދީފި އެވެ.

ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ފިލްމީ ދާއިރާއަށް ނިކުތް ސިދާތުގެ ކުރިއަށް އޮތް ފިލްމަކީ ވެސް ކަރަން ޖޯހަރުގެ "ދަރްމާ ޕްރޮޑަކްޝަން" ގެ މަސައްކަތެކެވެ.

އެކްޝަން ތުރިލާއެއް ކަމަށްވާ އެ ފިލްމުގެ ޝޫޓިންއަށް އިންޑިއާގެ ކުއްލޫއަށް ގޮސް، ސިދާތު ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

ފިލްމުގެ ލީޑު އަންހެން ތަރިންނަކީ ދިޝާ ޕަޓާނީ އާއި ރާޝީ ކަންނާ އެވެ. އެ މީހުން ވެސް އެ ޝޫޓިންގައި ބައިވެރިވާން އެތަނުގައި ތިބި ކަމަށްވެ އެވެ.

ކުރިން ރާވާފައިވާ ގޮތަށް އެ ފިލްމަކީ މި އަހަރުގެ ނޮވެމްބަރު 11 ގައި ރިލީޒްކުރާ ގޮތަށް އޮތް ފިލްމެކެވެ. އެ ފިލްމަކީ ދަރްމާ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ އޭރިއަލް އެކްޝަން ފްރެންޗައިޒް ފިލްމެވެ.

ސިދާތު މުޅިން ތަފާތުކޮށް ފެންނަ އެ ފިލްމުގެ ޕޯސްޓަރެއް ކުރިން ވަނީ އާންމުކޮށްފަ އެވެ.

ސިދާތުގެ އެންމެ އަވަހަށް އޮތް ފިލްމަކީ "ތޭންކް ގޯޑް" އެވެ. އިންދިރާ ކުމާރު ޑައިރެކްޓްކުރާ ކޮމެޑީ އެ ފިލްމުގައި ސިދާތާ އެކު އަޖޭ ދޭވްގަން އާއި ރާކުލް ޕްރީތު ފެންނާނެ އެވެ.

އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 25 ގަ އެވެ.

އޭގެ އިތުރަށް ސިދާތުގެ "މިޝަން މަޖްނޫ" ވެސް އެބަ އޮތެވެ.