ދިޝާ ތަފާތުކޮށް ފެންނަ "ސޫރިޔާ 42" އަށް ސޮއިކޮށްފި
ދިޝާ ތަފާތުކޮށް ފެންނަ "ސޫރިޔާ 42" އަށް ސޮއިކޮށްފި

ބޮލީވުޑްގެ ތަރި، ދިޝާ ޕަޓާނީގެ ފުރަތަމަ ތަމަޅަ މަސައްކަތް، "ސޫރިޔާ 42" އަށް ސޮއިކޮށްފި އެވެ.

އެ ފިލްމުގެ ޓީޒާގައި ދިޝާއަށް ލިބިފައިވާ ރޯލެއް ނުދައްކަ އެވެ. އެކަމަކު ޕްރިންސެއްގެ ރޯލުން ތަމަޅަ ތަރި ސޫރިޔާ ދައްކައިދީފައި ވަނީ ހަނގުރާމައިގެ މަންޒަރަކުންނެވެ.

އެ ފިލްމުގައި މަސައްކަތްކުރަން ލިބިފައިވާކަން އާންމުކޮށް ދިޝާ ބުނީ އެކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށެވެ. އަދި އޭނާ ފެންނާނީ ވަރަށް ޔުނިކް އަދި މިހާތަނަށް އޭނާ ނުކުޅޭ ފަދަ ރޯލަކުން ކަމަށް ވެސް ދިޝާ ބުންޏެވެ.

އެ ފިލްމު ދިހަ ބަހަކުން ނެރޭ ގޮތަށް ހަމަޖެހިފައިވާއިރު ފިލްމު ނެރޭނީ 3ޑީކޮށެވެ.

ދިޝާ އެންމެ ފަހުން ފެނުނީ އޭކް ވިލެއިން ރިޓާންސް އިން ނެގެޓިވް ރޯލަކުންނެވެ. "ސޫރިޔާ 42" ގެ އިތުރުން އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކަރަން ޖޯހަރުގެ "ޔޯދާ" އެވެ.