09 ސެޕްޓެމްބަރ 2022 - 19:10

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.
އެ މައްސަލާގައި ބުދަ ދުވަހު ވެސް ވަނީ ތިން މީހެއް ހައްޔަރު ކޮށްފަ އެވެ. އެއީ 45 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހެކެވެ.
ފުލުހުން އަންނަނީ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި އިތުރު މައްސަލަތަކެއް ވެސް ބަލަމުންނެވެ.
އަލަމްގީރު ހިމެނޭހެން ކުރިން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގެވެ. އެކަމަކު އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައި، އެމީހުން ބަންދުން ވަނީ ދޫކޮށްލައިފަ އެވެ.