އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް
އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން މި އަހަރުގެ ބައިނަލްއަގްވާމީ ފިޒިއޮތެރަޕީ ދުވަސް ފާހަގަކަރުމުގެ ގޮތުން ހާއްސަ އިވެންޓެއް މިއަދު ފަށައިފި އެވެ.

އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް
އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އިވެންޓް ރަސްމީކޮށް ފައްޓަވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.

އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް
އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް

މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ފަޒްނާ ވަނީ ދުވަހާ ގުޅުވައިގެން އެ ޔުނިވަސިޓީން ތައްޔާރުކޮށްފައިވާ ހާއްސަ ވީޑިއޯއެއް ވެސް ރިލީޒް ކޮށްދެއްވާފަ އެވެ.

އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް
އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް

މިއަހަރުގެ ފިޒިއޮތެރަޕީ ދުވަސް ހާއްސަކޮށްފައިވަނީ "އޮސްޓިއޯއާތުރައިޓިސް" ނުވަތަ މަޑުކަށި ގިރޭ/ގޭނޭ ބައްޔަށެވެ. އެ އިވެންޓުގައި ވަނީ ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް
އެމްއެންޔޫ އިން ފިޒިއޮތެރަޕީ ދުވަހަށް ހާއްސަ އިވެންޓެއް

އެމްއެންޔޫ ފިޒިއޮތެރަޕީ ދަރިވަރުން އިސްނަގައިން ބާއްވާ މި އިވެންޓު، މިއަދު ކުރިއަށް ގޮސްފައިވަނީ އެމްއެންޔޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފްއެޗްއެސް) ގަ އެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިއަށް ދިޔަ މި އިވެންޓުގެ ބައިވެރިންނަށް ހާއްސަކޮށްގެން ވަނީ ހަތް ސްޓޯލެއް ބަހައްޓާފަ އެވެ.

އޭގެތެރޭގައި ހެލްތު ސްކްރީނިން ހަދައިދޭ ސްޓޯލަކާއި، ހަށިގަނޑު ބެލެންސް ކުރެވޭތޯ ޓެސްޓުކުރަން ހާއްސަ ސްޓޯލަކާއި، އެފްއެޗްއެސް ގައި ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ހާއްސަ އެނަޓޮމީ އާ ގުޅޭ މައުލޫމާތު ދޭ ސްޓޯލަކާއި ބައްޔަށް ހޭލުންތެރިކަން އިތުރުކޮށްދޭ ސްޓޯލެއް ހިމެނެ އެވެ.

ދުވަހާ ގުޅުވައިގެން ހަދާފައިވާ ގޭމް ސްޓޯލަކާއި، ފިޒިއޮ ސޮލިއުޝަންގެ ހާއްސަ ސްޓޯލަކާއި އަދި ބައިވެރިންނަށް ކެއުމުގެ ފުރުސަތު ލިބޭ ފުޑް ސްޓޯލެއް ވެސް މިއަދުގެ އިވެންޓުގައި ވަނީ ބަހައްޓާފަ އެވެ. އެ އިވެންޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ފަސްޓް ލޭޑީ ފަޒްނާ ވަނީ އެ ހުރިހާ ސްޓޯލްތަކެއް ބައްލަވާލައްވާފަ އެވެ.

އެމްއެންޔޫ އިން ބުނީ މާދެމާ ވެސް މި އިވެންޓް ކުރިއަށް ދާނެ ކަމަށެވެ. މާދަމާގެ އިވެންޓް އޮންނާނީ ސޯޝަލް ސެންޓަރުގެ ބޭރުގައި އާންމުންނަށް ހުޅުވާލައިގެންނެވެ.

މާދަމާގެ އިވެންޓުގައި އެނަޓޮމީ ސްޓޯލް ފިޔަވައި މިއަދު ކުރިއަށް ދިޔަ ހުރިހާ ސްޓޯލެއް ހުންނާނެ ކަމަށާއި އޭގެ އިތުރަށް ކުޑަކުދިންނަށް ހާއްސަކޮށްގެން ތައުލީމީ ގޭމުތައް ކުރިއަށް ދާ ސްޓޯލަކާއި ފޭސް ޕެއިންޓިން ސްޓޯލެއް ހުންނާނެ ކަމަށް އެމްއެމްއެންޔޫ އިން ބުންޏެވެ.

އެމްއެންޔޫއިން ކުރިއަށް ގެންދާ ހަތަރު އަހަރުގެ "ބެޗެލޯސް އިން ފިޒިއޮތެރަޕީ" ޑިގްރީ ޕްރޮގްރާމްގައި މިހާރު ވެސް ހަތަރު ބެޗަކަށް ބަހާލައިގެން 53 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.