ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 300ރ. އަށް 20 ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 300ރ. އަށް 20 ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 300ރ. އަށް 20 ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ދިރާގުން ބުނީ އެއް މަސްދުވަހުގެ މުއްދަތެއް ލިބޭ އެ ޕެކޭޖަކީ ލިމިޓެޑް-ޓައިމް އެޑް-އޮން އެކެވެ.

ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ބޭނުންކުރެވޭ އެ ޕެކޭޖް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "20ޖީބީ"، މި ކީވޯޑް ޖަހާފައި 343 އަށް އެސްއެމްއެސް ކޮށްގެން ނެގޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ޕްރިޕެއިޑް ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް އެކުންފުނިން އަންނަނީ ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުންނެވެ.

ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ "ދިރާގު ކޮމްބޯ ޕްލޭންސް" އާއި، ކޮންމެ ދުވަހަކަށް ވެސް ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވެންސްގެ އަދަދާއި އޭގެ ވެލިޑިޓީ އިހްތިޔާރުކުރެވޭ "ސަޅި ޕްރީޕެއިޑް" އަދި ޒުވާނުންނަށް އަމާޒުކޮށްގެން ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްފައިވާ "މަމެން" އޭގެތެރޭގައި ފާހަގަކޮށްލެވެ އެވެ.

ދިރާގު "ސަޅި ޕްރިޕެއިޑް" ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅޭނެ އެވެ. އަދި "މަމެން" ގެ ކަސްޓަމަރުންނަށް އެކަކު އަނެކަކަށް ކްރެޑިޓް ޓްރާންސްފާ ކުރެވޭނެ އެވެ.